އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ކުޑަކުދިންނަށްވެސް ހިތްވަރުދީ ކުދިން ލައްވައި ގިނަގިނައިން ދުޢާކުރުވާށެވެ! އެއީ ކުދިންވެސް ކުރަޖެހޭނެ ކަމެއް!

ރަމަޟާން މަހު ކުޑަކުދިންނަށްވެސް ހިތްވަރުދީ ކުދިން ލައްވައި ގިނަގިނައިން ދުޢާކުރުވާށެވެ! އެއީ ކުދިންވެސް ކުރަޖެހޭނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އިސްލާމް ދީނަކަށް އިތުރު ކަންތައްތަކެއް ތަޢާރަފެއް ނުކުރެވޭނެއެވެ. ދީން ވަނީ ފުރިހަމަކުރައްވަވައި ނިމިފައެވެ. ދެން ކުރަން އޮތްކަމަކީ ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރަން ހަނދާންކޮށްދިނުމެވެ.

ރަމަޟާންމަހު ދުޢާ ކުރުން ގިނަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނީ ރޯދަވެރިޔާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. ޚާއްޞަކޮށް ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ.

ރޯދަ ހިފައިގެން ތިބޭ ކުޑަކުދިންލައްވައިވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކުޑަކުދިންވެސް ކަންކަމަށް ބޭނުންވާނެއެވެ. އެދޭ ބައިވަރު ކަންކަން ހުންނާނެއެވެ. އެކަންކަން ހިންމަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މޮޅަށް ކިޔެވޭ ރަނގަޅު ނަތީޖާ ހޯދޭ މޮޅު ކުއްޖަކަށް ވުމަށް އެދިވެސް ދުޢާކުރަންވާނެއެވެ. މައިން ބަފައިންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ.

ހަމައެފަދައިން މައިން ބަފައިން ދަރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރުން ގިނަކުރަންވާނެއެވެ. މައިންބަފައިން މަރުވެފައިވާނަމަ އެމީހުންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ. ދަރިންނަށްޓަކައި ބައްޕައިން ދުއާ ކުރުމަކީވެސް ވަރަށް މަތިވެރިކަމެކެވެ.

--ޝައިޚް މުޙައްމަދު މަންޞޫރު

ޝައިޚް މުޙައްމަދު މަންޞޫރު މިމޭރުމުން ވިދާޅުވެފައިވާއިރު ގިނަ ބެލެނިވެރިން އިރުއޮއްސެން ކައިރިވުމުން ދަރިން ގޮވައިގެން ދަނީ ފިނިބުރުޖަހާށެވެ. އެނބުރި ގެއަށް ވަންނަނީ ބަންގިއަށެވެ. ގޭގައި ކުދިން ތިބި ނަމަވެސް އެކުދިން ލައްވައި ދުޢާކުރުވަނީ ވަރަށް މަދު ބެލެނިވެރިއެކެވެ. އަދި ރޯދަވީއްލާ ވަގުތު އަމިއްލައަށް ދުޢާކުރަނީވެސް ވަރަށް މަދު ބެލެނިވެރިންނެވެ.

ޒަމާނުންސުރެ ދިވެހިންގެ މެދުގައި އޮންނަ މިޢާދަ ބަދަލުކުރަން އެބަޖެހެއެވެ. ރޯދަ ވީއްލާވަގުތު ޖެހުމުގެ ކުރިން ދުޢާކޮށް އެމަތިވެރި ވަގުތު ފައިދާ ލިބިގަންނަން އެބަޖެހެއެވެ. ޢާއިލާ އެކުގައި ތިބެގެން ދުޢާކުރުމުގެ މަތިވެރިކަމާއި ފައިދާ ލިބިގަންނަން އެބަޖެހެއެވެ. އެކަން ކުރެވޭނީ ފިނިބުރު ޖަހަންދިއަނަމަވެސް ތަންކޮޅެއް ކުރިން އެނބުރި ގެއަށް ވަދެގެންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް