އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމަ އެކަނި ނަމާދުކުރާއިރު ޢައުރަ ނިވާކޮށްގެން ފުދޭނެކަމަށް ހީކުރަނީހެއްޔެވެ؟: މުފްތީ މެންކް

ހަމަ އެކަނި ނަމާދުކުރާއިރު ޢައުރަ ނިވާކޮށްގެން ފުދޭނެކަމަށް ހީކުރަނީހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މުސްލިމުންނަކީ ވަކި ތަނަކަށް ވަންނަމުން ނުވަތަ ވަކިތަނެއްގައި އުޅެމުން ވަކިގޮތަކަށް އުޅެންޖެހޭ ބައެއް ނޫނެނެވެ. މުސްލިމުންނަކީ އެމީހަކު އުޅޭ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންޖެހޭ ބައެކެވެ. އެހެންކަމުން ހަމައެކަނި ނަމާދުކުރަންވުމުން އަޢުރަ ނިވާ ކުރާ އަންހެނުންނާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.

މިއީ ކޮންމެ މީހަކުނަމަވެސް އަމިއްލައަށް ވިސްނައިލުމުންވެސް ވަރަށް ފުރިހަމައަށް ޖަވާބު ލިބޭނެ ކަމެކެވެ. އަންހެނަކު މިސްކިތަށް ވަންނަނީނަމަ ނިވާވެއެވެ. އަދި ގޭގައި ހުރެ ނަމާދުކުރި ނަމަވެސް ނިވާވެއެވެ. ނިވާވަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމަށްވާނަމަ ރުހިވޮޑިގަތުން ހޯދަން މިސްކިތަށް ދިއައިރު ނުވަތަ ނަމާދުކުރަން ފެށުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ނުވަނީހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރުމުން ލިބެން އޮތް ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކޮށް ތިއަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އެކަނި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.

ހަމައެޢާއިއެކު ޙައްޖުވުމަކީ ފަރުޟެއްކަން ޤަބޫލުނުކުރާ މުސްލިމަކު ނުހުންނާނެއެވެ. ޙައްޖަށް ދާން ބޭނުން ނުވާ މުސްލިމަކުވެސް ނުހުންނާނެއެވެ. ޙައްޖަށް ފުރަން ވުމުންނާއި ޙައްޖަށް ގޮސް ތިބޭއިރު ތިބެނީ ނިވާވެގެންނެވެ.

އެހެންކަމަށްވާއިރު ނިވާނުވެ ދިރިމިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އަމިއްލައަށް ވިސްނައިލުމުން އަންހެނުން އަބަދުވެސް ތިބެން ޖެހޭނީ ކީރިތި ޤުރްއާނުގައިވާ މިންވަރަށް ނިވައިވެގެންކަން އެނގިގެންދާނެއެވެ. ކޮންމެހެން މީހަކު މަޖުބޫރުކުރާކަށްވެސް ނުޖެހެއެވެ. އެއްވެސް މީހަކު ތިމާއަށް އެކަން މަޖުބޫރު ނުކުރި ނަމަވެސް ޤުރްއާނުގައި އޮތުމުން އެއީ ތިމާ ކުރަންޖެހޭ ކަމެއްކަން ކޮންމެ މުސްލިމަކަށްވެސް ޤަބޫލުކުރެވޭނެތީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް