އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުކަންދޭންޖެހޭ ކަމެއް! ހިތްދަތިކަމުގަ ހުންނަ މީހަކާ ބައްދަލުވުމުން ފުރަތަމަ އޭނާގެ އަޑުއަހާށެވެ! ނޫންނަމަ ގާތީ ދޭ ނަޞޭޙަތުގެ ފައިދާ ނުކުރުމެވެ!

ސަމާލުކަންދޭންޖެހޭ ކަމެއް! ހިތްދަތިކަމުގަ ހުންނަ މީހަކާ ބައްދަލުވުމުން ފުރަތަމަ އޭނާގެ އަޑުއަހާށެވެ! ނޫންނަމަ ގާތީ ދޭ ނަޞޭޙަތުގެ ފައިދާ ނުކުރުމެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މީހަކު ވަރަށް ބޮޑު ތަކްލީފެއްގައި ހުއްޓައި ބައްދަލުވުމުން އޭނާގެ ޙާލަތަށް ވިސްނާނުލައި ބައެއް މީހުން ހެޔޮ ބަސްތައް ބުނެ ނަޞޭޙަތްދޭން ފަށައެވެ. ގިނަ ފަހަރު އެފަދަ ޙާލެއްގައި ހުންނަ މީހަކު ހުންނާނީ ނަބޭޙަތުގެ ބަސްތަކެއް އަޑުއެހުމަށް ތައްޔާރުވެގެނެއް ނޫނެވެ.

އެފަދަ ހާލުގައި ތިބޭ މީހުން ޢާންމު ގޮތެއްގައި ތިބޭނީ އެމީހުންގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލާނެ ފުރުޞަތަކަށް އެދިއެދިއެވެ. އެމީހުންގެ ހިތުގައި އަޅަމުންދާ ވޭންތައް އެހެން މީހަކާއި ޙިއްޞާކުރަން ބޭނުންވެގެންނެވެ.

އެހެންވީމާ ފުރަތަމަ ކަމަކަށް އޭނާގެ ވާހަކަތައް އަޑުއަހާށެވެ! އަޑުއެހުމަށްފަހު އޭނާއަށް ހަމަޖެހުން ލިބޭނެ ގޮތަކަށް ހެޔޮ ނަޞޭޙަތްދޭށެވެ! ފައިދާކުރާނީ އެއިރުންނެވެ! އިން ޝާ ﷲ

ތިރީހައިވާ ލިޔުމަށް ވިސްނަވައިލައްވާށެވެ!

މުސްލިމުންނަށް އޮތީ އަބަދު ހަނުހުރުމެއް ނޫނެވެ. ހެޔޮބަސް ބުނަން ޖެހެއެވެ. އަނެކާއަށް ފައިދާކުރާނެ ބަސްތައް ބުނަން ޖެހެއެވެ. ނަމަވެސް އެބަސް ބުނަންވާނީ އަޑުއަހާ މީހާއަށް ހިތްހަމަޖެހުން ލިބި އެކަމުން އެމީހަކަށް ފައިދާކުރާނެ ގޮތަށެވެ.

ހެޔޮބަސް ބުނަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ ކޮންމެ މީހަކުވެސް ވީހާ ގިނައިން ހެޔޮ ބަސްބުނަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެބަސް ބުނަންވާނީ މި ބަޔާންކުރި ކަމަށް ވިސްނައިގެންނެވެ.

ހެޔޮބަސްބުނުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! ހެޔޮބަސް ބުނަން އަމުރުފުޅު ކުރައްވަވާފައި އެއިގެ ފަހަތުން ނަމާދުކުރުމާއި ޒަކާތްދިނުމަށްވެސް އަމުރުފުޅުކުރައްވަވާފައިވެއެވެ. ވީމާ ހެޔޮބަސް ބުނުމަށް އެވަނީ ދީނުގެ ފަރުޟުތައް އަދާކުރުމާއި އެކުއެކުގައި ވަޙީކުރައްވަވާފައެވެ.

އެހެންކަމާއިއެކުގައިވެސް ބައެއް މީހުންނަށް ވިސްނާނުލައި ބަސްތައް އެބަ ބުނެލައެވެ. އެމީހުން ބުނަނީ އެމީހުން އެބުނަނީ ހެޔޮބަސް ކަމަށެވެ. އެކަމަކަށް އަހަރެން ދެކޮޅެއް ނުހަދަމެވެ. އެބުނަނީ ހެޔޮ ބަސް ކަމުގައިވެދާނެއެވެ. ނަމަވެސް މައްސަލައަކަށްވަނީ ބަސްބުނެ އުޅޭ ގޮތެވެ.

ވީމާ ހެޔޮބަސް ބުނުމުގައި މިބުނި ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.

--ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް