އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު ދިހަ ފެށެނީ! ރަމަޟާން މަސް ނިމެނީ! ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ރޯދަވީއްލާނެ އެއްޗެއްދޭން މަސައްކަތްކުރާށެވެ!

ފަހު ދިހަ ފެށެނީ! ރަމަޟާން މަސް ނިމެނީ! ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ރޯދަވީއްލާނެ އެއްޗެއްދޭން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

· ރޯދަވީއްލަން އެހެން މީހުންނަށް ދަޢުވަތު ދިނުން: 

ރޯދަވީއްލަން އެހެން މީހުންނަށް ދަޢުވަތު ދިނުމަކީ ވަރަށް ހެޔޮ ޢަމަލެކެވެ. އަދި ވަަރަށް ޘަވާބުވެސް ލިބޭނެ ކަމެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

"مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا"

މާނައީ: "ރޯދަވެރިއަކަށް ރޯދަވީއްލަން އެއްޗެއްދީފި މީހަކަށް، އެރޯދަވެރިޔާ އެހިފި ރޯދައިގެ ޘަވާބުލިބޭނެ އެވެ. ނަމަވެސް އެ ރޯދަވެރިއާގެ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވާހުއްޓެވެ." 

އަދި އިޚްލާސްތެރިކަމާއެކީގައި ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލު ކުރައްވާނެއެވެ. އެހެންކަމުން ކިތަންމެ ކުޑައެތިކޮޅަކުންވެސް މީހަކު ރޯދަ ވީއްލަން ދީފިނަމަ އެކަމަށްވެސް ވަރަށް ޘަވާބު ލިބިގެން ދާނެއެވެ. އިން ޝާ ﷲ

ސަލަފުއްޞާލިހުންވެސް މި މާތް މައްސަރުގައި އަޅުކަން ކުރެއްވުމުގައި ހޭދަކުރައްވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެން އެބޭކަލުން ނަމޫނާއަކަށް ބަލައިގެން މި މާތް މައްސަރުގައި ހެޔޮ ކަންކަން، އަޅުކަންކަން ކުރުން އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

މީގެ އިތުރުން ރަމަޟާން މަސް އައުމުގެ ކުރީން އެމަހަށް ތައްޔާރުވުމުގެ ގޮތުން އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. ވީމާ ރަމަޟާން ަމސް ނިމެންދެންވެސް އެ މައްސަރުގައި ވީހާ ގިނަ ޘަވާބު ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް