އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަދީޘްގެ ޝާރަޙަ: ރަސޫލް ޞޢޥ އިބްން ޢައްބާސްއަށް އުނގަންނަވައިދެއްވެވި ކަންތައްތައް-

ޙަދީޘްގެ ޝާރަޙަ: ރަސޫލް ޞޢޥ އިބްން ޢައްބާސްއަށް އުނގަންނަވައިދެއްވެވި ކަންތައްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

حدثنا أحمد بن محمد بن موسى، قال: أخبرنا عبد الله بن المبارك، قال: أخبرنا ليث بن سعد وابن لهيعة، عن قيس بن الحجاج. (ح) وحدثنا عبد الله بن عبد الرحمن، قال: أخبرنا أبو الوليد، قال: حدثنا ليث بن سعد، قال: حدثني قيس بن الحجاج، المعنى واحد عن حنش الصنعاني، عن ابن عباس قال: كنت خلف رسول الله ﷺ يوما، فقال: يا غلام، إني أعلمك كلمات؛ احفظ الله يحفظك، احفظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء، لم ينفعوك إلا بشيء قد كتبه الله لك، ولو اجتمعوا على أن يضروك بشيء لم يضروك إلا بشيء قد كتبه الله عليك، رفعت الأقلام وجفت الصحف. هذا حديث حسن صحيح.

އިބިނު ޢައްބާސް ރިވާ ކުރެއްވިއެވެ: އެއް ދުވަހަކު ނަބިއްޔާ ގެ ފަހަތްޕުޅުގައި ތިމަން ވަނިކޮށް، ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އޭ ކުޑަކުޑަ ކޮއިފުޅާއެވެ. ހަމަކަށަވަރުން، ތިމަން ނަބިއްޔާ ތިބާއަށް ކަލިމަތަކެއް ދަސްކޮށް ދެއްވާނަމެވެ. ﷲ އާމެދު ތިބާ ރައްކާތެރި ވާށެވެ. އޭރުން އެ އިލާހު ތިބާ ރައްކާތެރި ކޮށްދެއްވާނެއެވެ. ﷲ އާމެދު ތިބާ ރައްކާތެރި ވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެ އިލާހު ވޮޑިގެންވާނެއެވެ. ތިބާ ކަމަކަށް އެދި ދަންނަވާ ނަމަ، ﷲ އަށް އެދި ދަންނަވާށެވެ. އަދި ތިބާ އެހީއަކަށް އެދޭ ނަމަ، ﷲގެ އެހީއަށް އެދޭށެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން މުޅި އުއްމަތް، ތިބާއަށް އެއްވެސް މަންފާއެއް ކޮށްދިނުމަށް އެއްބައި ވިޔަސް، ﷲ ތިބާއަށް ޓަކައި ލިޔުއްވި ކަމަކުން މެނުވީ އެބައިމީހުން ތިބާއަކަށް މަންފާއެއް ކޮށެއް ނުދެވޭނެއެވެ. އަދި ތިބާއަށް އެއްވެސް ގެއްލުމެއް ދިނުމަށް މުޅި އުއްމަތް އެއްބައި ވިޔަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވި ކަމަކުން މެނުވީ އެބައިމީހުން ތިބާއަށް ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް ވަނީ އުފުލިފައެވެ. އަދި ފަތްފުށްތައް ވަނީ ހިކިފައެވެ.“ (އެބަހީ: ލައުޙުލް މަޙްފޫޡުގައި ﷲ ކަނޑައެޅުއްވި ކަންތައް ލިޔެ ނިމި، އެ ގޮތަށް އެ ކަންތައް ހިނގާނެއެވެ.)

جامع الترمذي #2516

 

--ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން

 

ޙަދީޘްގެ ޝަރަޙަ އަޑުއައްސަވާލައްވަން:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް