އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަދީޘްގެ ޝަރަޙަ: އިމްތިޙާނުކުރެވުނު 3 މީހުންގެ ވާހަކައިން ލިބިގަންނަންޖެހޭ ފިލާވަޅު!

ޙަދީޘްގެ ޝަރަޙަ: އިމްތިޙާނުކުރެވުނު 3 މީހުންގެ ވާހަކައިން ލިބިގަންނަންޖެހޭ ފިލާވަޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 40 ސިކުންތު

މި ޙަދީޘް (އިމްތިޙާން ކުރެވުނު 3 މީހުންގެ ވާހަކަ) ބަސްފުޅުން އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރި ވުމަށް އަޅުގަނޑުމެންނަށް އެބަ އިގިގެން ދޭ. އޭގެ މުހިއްމު ކަން އެބަ އިނގިގެންދޭ. ދުނިޔޭގައި އުޅޭއިރު އިންސާނާއަށް މި ކުރިމަތިވަނީ އެކި ޙާލަތު. ބައެއް ފަހަރަށް ބައެއް މީހުން މުއްސަނދި ހާލަތުގައި ހުރެ ފަޤީރު އެބަވޭ. އަދި ބައެއް މީހުން ފަޤީރު ޙާލަތުގައި ތިބެ އެބަ މުއްސަނދި ވެގެންދޭ. 

ނަމަވެސް ނިޢްމަތް ލިބުމުން އެކަމަށްޓަކައި ބޮޑާވެ ކިބުރުވެރި ވެއްޖެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ނިޢުމަތްތައް ނަންގަވާ، އޭނާ ކުރިން ހުރި ހާލަތަށް އަނބުރާ ގެންގޮސްފާނެ.

އަދި އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ، އަޅުގަނޑުމެން ކުރީގައި އުޅުނު ނިކަމެތި ޙާލު. އަޅުގަނޑުމެންނަށް ނިޢުމަތް ނު ލިބޭއިރު އަޅުގަނޑުމެން އުޅުނު ޙާލު އަޅުގަނޑުމެން އަބަދުވެސް ހަނދާންކޮށް އެ ކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރި ވާންޖެހޭ އަދި ނިޢުމަތްތައް އޭގެ ވެރި ފަރާތަށް އަބަދުވެސް އަޅުގަނޑުމެން ރައްދު ކުރަންޖެހޭ. އެ ނިޢުމަތްތައް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް ރައްދުކޮށްގެން ނުވާނެ. 

އަޅުގަނޑުމެން މި ބުނަނީ އަލްޙަމްދު ލިއްލާޙި އޭ. އެހެންނޫންތޯ، ﷲއަށޭ ހުރިހާވެސް ޙަމްދެއް މިލްކުވެވޮޑިގެން ވަނީ. އެހެންވީމަ އަބަދުވެސް ނިޢުމަތް ނިސްބަތްކުރަން ޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. މި ޙަދީޘް ބަސްފުޅުން އެނގިގެން އެބަދޭ، ޞަދަގާތް ކުރުމަކީ އެއީ ނިޢުމަތަށް ޝުކުރުވެރި ވުމުގެ ތެރެއިން ހިމެނޭ ކަމެއްކަން. އެގޮތުން އަޅުގަނޑުމެން ޞަދަގާތް ކުރަން އެންމެ އަޢުލާވެގެން ވަނީ ކޮން ބަޔަކަށްތޯ. އަޅުގަނޑުމެން ޞަދަގާތް ކުރުން އެންމެ އަޢުލާ ވެގެންވަނީ އަޅުގަނޑުމެންގެ އާއިލާގެ ތެރެއިން އެންމެ ފަޤީރު، އެންމެ ނިކަމެތި މީހުންނަށް. 

ނަމަވެސް ބައެއް ފަހަރަށް އަޅުގަނޑުމެންނަށް މިކަން ހަނދާން ނައްތާލެވި ބައެއް ފަހަރަށް އަޅުގަނޑުމެންގެ ޢާއިލާގެ ތެރެއިން، އަޅުގަނޑުމެންގެ ޤާތް ތިމާގެ މީހުންގެތެއިން، އަޅުގަނޑުމެންގެ ކައިރީގައި ތިބޭ ނިކަމެތިންނަށް ޞަދަގާތް ނުކޮށް، އެމީހުންނަށް އެހީ ނުވެ ބައެއް ފަހަރަށް ބޭރު ބައެއްގެ ޤައުމުތަކަށް ނޫނީ އެހެން ނުދަންނަ ބައެއް މީސްމީހުންނަށް އެބަ އެހީތެރިކަން ފޯރުކޮށްދެވޭ. އެވެސް ވަރަށް ރަނގަޅު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން ފުރަތަމަ އިސް ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޢާއިލާގެ ތެރެއިން ނިކަމެތިން. 

މިސާލަކަށް ހުރެދާނެ އެއްބަނޑު އެއްބަފާ ދައްތައެއް މިސާލަކަށް އެކަނިވެރި މައެއްވެސް ހުރެދާނެ، ނޫނީ މިސާލަކަށް ބައްޕަ މަރުވެފަ ހުރި ކުއްޖަކުވެސް ހުރެދާނެ. އޭނާއަށް އަޅުގަނޑުމެން އެހީ ތެރިކަން ފޯރުކޮށްދޭން ޖެހޭނެ. އަޅުގަނޑުމެން އެކުދިންނަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުން މާ އަޢުލާ ވެގެންވޭ. 

އަދި އަޅުގަނޑުމެން ދުވަހަކުވެސް ދެކިގެން ނުވާނެ، އަޅުގަނޑުމެންނަށްވުރެ ނިޢުމަތުގެ ގޮތުން، ދުނިޔަވީ ނިޢުމަތުގެ ގޮތުން ދަށް ބައެއް މިސާލަކަށް އެއީ މާ ދަށް ބައެއްކަމަށް، އެމީހުންނަށް ނިކަމެތިކަމުގެ ނަޒަރުން އަޅުގަނޑުމެން ދުވަހަކުވެސް ބަލައިގެން ނުވާނެ.  

މިސާލަކަށް ބޭރު ޤައުމުތަކުގެ ބައެއް ފަރާތްތައް ރާއްޖޭގައި އެބަ މަސައްކަތް ކުރޭ، އެހެންނޫންތޯ؟ އެމީހުންގެ އަތުގަވެސް މިސާލަކަށް އެހާ ބައިވަރު ފައިސާ މިސާލަކަށް ނެތުމުން އަޅުގަނޑުމެން އެމީހުން ދަށް ކޮށްލައިގެން ނުވާނެ. އެމީހުން މިސާލަކަށް ސާފުކުރާ ވަޒީފާއެއް މި އަދާ ކުރަނީ. ފާހާނަ ސާފުކުރުން ނޫނީ އެހެން ތަނެއް ސާފުކުރުން. 

އެހެންނަމަވެސް، އަޅުގަނޑުމެން އެކަމަށްޓަކައި އެމީހުން ދަށް ކޮށްލައިގެން ނުވާނެ. އެމީހުންނަކީ ދަށް ބައެއްކަމުގައި އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ދެކިގެން ނުވާނެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރި ވުމަށް އަދި ކުރީގެ ޙާލަތު ހަނދާންކޮށް އެކަމަށް ޝުކުރުވެރި ވުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މާތް ﷲ ވެސް ވަނީ އަންގަވާފައި. އެކަމަށް ޢިޝާރާތް ކުރައްވާ މާތް ﷲ ޟުޙާ ސޫރަތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަނީ އަންގަވާފަ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ: 

--- " ކަލޭގެފާނު ޔަތީމަކު ކަމުގައި ވަނިކޮށް އެކަލާންގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔޭ " ދެން ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. 

--- " އަދި ކަލޭގެފާނު ހައިރާންވެ ވަޑައިގެން ވަނިކޮށް އޭގެ މާނައަކީ އެކަލޭގެފާނަށް ޙައްޤުމަގު ނޭންގި ވަނިކޮށް އިސްލާމްދީން އެކަލޭގެފާނަށް ނޭންގި ވަނިކޮށް އެކަލާންގެ އެކަލޭގެފާނު ދެކެވަޑައިގެން. ދެން އެކަލާންގެ އެކަލޭގެފާނަށް މަގު ދެއްކެވިއެވެ." 

--- "އަދި ފަޤީރަކު ކަމުގައި ކަލޭގެފާނު ވީތީ، އެކަލާންގެ ކަލޭގެފާނު ދެކެވަޑައިގަތޭ، ދެން އެކަލާންގެ ކަލޭގެފާނު މުއްސަނދި ކުރެއްވިއެވެ." އެހެންކަމުން ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެން މި ބަޔާން ކުރައްވަނީ 

--- " ދަންނާށޭ ފަހެ ކަލޭގެފާނު ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލާށޭ."

--- " އަދި ދަންނާށޭ ، ފަހެ  ކަމަކު އެދި އަންނަމީހާއަށް ކަލޭގެފާނު އަޑުލާ ނަހަދާށޭ. " 

(އަރަބި) " އަދި ދަންނާށޭ، ކަލޭގެފާނުގެ ވެރި ރަސްކަލާންގެ ދެއްވި ނިޢުމަތުގެ ވާހަކައިން ފަހެ ކަލޭގެފާނު ވާހަކަ ދައްކަވާ އުޅުއްވާށެވެ." 

އޭގެ މާނައަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް މި އަންގަވަނީ އެކަލޭގެފާނަށް ދެއްވުނު ނިޢުމަތްތަކަށް ﷲ އަށް ޝުކުރު ދަންނަވާށެވެ. 

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ޝުކުރު ވެރިން ކަމުގައި ލެއްވުން. އަދި ނިޢުމަތްތަކަށް ބޮޑާވެ ކިބުރުވެރިވެ އެ ނިޢުމަތްތަކަށް ފޮނިވާ ބައެއް ކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ނުލެއްވުން. 

-- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން

 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް