އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ގޮތަށް އިޝްތިހާރު ބޯޑުތައް ނުބެހެއްޓުމަށާ ހުއްދަދޭ ފަރާތްތަކުންވެސް ސަމާލުކަންދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި!

ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ގޮތަށް އިޝްތިހާރު ބޯޑުތައް ނުބެހެއްޓުމަށާ ހުއްދަދޭ ފަރާތްތަކުންވެސް ސަމާލުކަންދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ގޮތަށް އިޝްތިހާރު ބޯޑުތައް ނުބެހެއްޓުމަށާއި ހުއްދަދޭ ފަރާތްތަކުންވެސް ސަމާލުކަންދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދިއުމާއި މިވަގުތު ޖަހާފައިވާ ބޯޑުތައްވެސް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.  

ޙުސައިން ފަހުމީ ވިދާޅުވީ އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި އަދި މީގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.  

”މިދެންނެވި އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދެއްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އިލްތިމާސް ކުރަން. އަދި މިއީ ކޭބަލް ވިއުގައިގެ މަތީގައި އިސްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާތެރިކަމެއް ކަމުގައި ތަކުރާރުކޮށް ފާހަގަ ކުރަން."

"މިކުންފުނީގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަދިި އެޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންގެންދާ ބައެއް. އަޅުގަނޑުމެންގެ މުވައްޒަަފުން މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް!"

- ޙުސައިން ފަހުމީ

ސްޓެލްކޯއިން ތަކުރާރުކޮށް މިކަންކަން ފާހަގަކުރަމުން ގެންދާއިރުވެސް ކަންކަން ރަނގަޅުނުކޮށްގެން މިއުޅޭ ސަބަބާއިމެދު ސުވާލު އުފެދެއެވެ. އެކަމަކީ ލިބޭ ގެއްލުމުގެ ސަބަބުން ކަރަންތްގެ ޚިދުމަތް މެދުކަނޑިދާނެކަމެވެ. ދެވަނަ ކަމަކީ އެކަމުން ސްޓެލްކޯއަށް ލިބޭނެ ބޮޑު މާލީ ގެއްލުމެވެ.  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު