އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރުދުވަހު އަންހެންވެރިން ބަދިގޭގައާ ގޭތެރޭ މަސައްކަތުގަ ބިޒީވާނެތީ ކަހްފި ސޫރަތް ކިޔަވަން ވަގުތުދޭން އުނދަގޫނަމަ ޢަމަލުކުރަންވީ މަގު! ނޫރު ދެއްވަވާނެ! އިން ޝާ ﷲ

ހުކުރުދުވަހު އަންހެންވެރިން ބަދިގޭގައާ ގޭތެރޭ މަސައްކަތުގަ ބިޒީވާނެތީ ކަހްފި ސޫރަތް ކިޔަވަން ވަގުތުދޭން އުނދަގޫނަމަ ޢަމަލުކުރަންވީ މަގު! ނޫރު ދެއްވަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

"އަޅުގަނޑަކީ ވަޒީފާ އަދާކުރަމުން 3 ދަރިން ބަލަމުން ގޭގެ މަސައްކަތްކުރާ އަންހެނަކީމެވެ. ހުކުރު ދުވަހަކީ އެންމެ ގިނަ ވަޤުތު މަސައްކަތުގައި ހޭދަކުރަންޖެހޭ ދުވަހެވެ. އެހެންވެ ކަހްފި ސޫރަތް ކިޔަވާނެ ވަޤުތު ހޯދަން ވަރަށް އުނދަގުލެވެ. ވީމާ ފަސޭހައިން ވަޤުތުހޯދޭނެ ގޮތެއް ބުނެދެއްވަފާނަންތޯ؟" 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ވަރަށް ފަސޭހައިން އެކަންކުރެވޭނެ ގޮތް އެނގިލައްވާނެއެވެ. ލިޔުމުގައިވާ ގޮތަށް ޢަމަލުކުރައްވާނަމަ އެއީ ބުރަކަމަކަށްނުވާނެއެވެ. އިން ޝާ ﷲ  

ހުކުރު ދުވަސް ވެފައި އޮންނަނީ އަންހެންވެރިންނަށް އެންމެ ބުރަ ދުވަހަކަށެވެ. ގިނަބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރަންޖެހެއެވެ. އޮފީހަށްދާތީ ހަފްތާ ތެރޭގައި ނުދޮވެވި ހުރި އަންނައުނު ދޮންނަން ޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އެކި އަންހެނުންނަށް ކުރަންޖެހޭނީ އެކި މަސައްކަތެވެ. ޢާންމު ގޮތެއްގައި ކޮންމެ އަންހެނަކަށްވެސް ހުކުރުދުވަހު ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެއެވެ.  

ދަރުސްތަކުގައި ކިތަންމެ ވަރަކަށް އިލްތިމާސްކުރިނަމަވެސް ގިނަމީހުންނަށް ކުރިއަށް ނެރެވެނީ ކުރަންހުންނަ މަސައްކަތްތައް ކަމަށްވުމުން ހުކުރު ދުވަހު މިއޮންނަނީ ކަހްފި ސޫރަތް ކިޔަވާލައި އަންނަ ހުކުރާއި ހަމައަށް ﷲ ދެއްވަވާ ނޫރު ލިބިގަތުންވެސް އުނދަގޫކަމަށްވެފައެވެ.  

ލޮބުވެތިކަނބަލުންނޭވެ! އެކަން އަދިވެސް އިތުރަށް ލުއިފަސޭހަކޮށްލަމާ ހިނގާށެވެ! ހުކުރުވިލޭރެއަށް އިރުއޮއްސުމުން އެއޮތީ ނޫރު ލިބިގަތުމަށްޓަކައި ކަހްފިސޫރަތް ކިޔަވަންވީ ވަގުތު ފެށިފައެވެ. އަދި ވަރަށް ފަސޭހަވެ އެއްދޮނުގައި ދެބުޅިޖެހޭނެ ވަގުތެއްވެސް ބުނެދީފާނަމެވެ. ރަނގަޅަށް އަޑުއަހާށެވެ! 

މިސްކިތުން ބަންގިދޭއިރަށް ފަތިސްނަމާދުކޮށްލާށެވެ! ޙައްޖާއި ޢުމުރާއެއްގެ ޘަވާބު ދެއްވެވުން އެދި ޛިކުރުކުރުންމަތީގައި މުސައްލަމަތީގައި އިރުއަރަންދެން (ލޮންސިއެއްގެ މިނަށް) މަޑުކޮށްލާށެވެ! އެވަގުތުކޮޅުތެރޭގައި ކަހްފި ސޫރަތްވެސް ކިޔަވައިލާށެވެ!  

ބައަކަށް ހީވެފައި އޮންނަނީ ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމަކީ ހުކުރަށްދާ މީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުމެވެ. 

" Whoever recites Surat al-Kahf on Friday, light shall shine forth for him between the two Fridays. " 

ޙަދީޘްފުޅުގައި އޮތީ ހުކުރަށްދާ، ހުކުރަށް ނުދާ، އަންހެނުން، ފިރިހެނުން ގެ ވާހަކައެއް ނޫނެވެ. މިހެން ބުނިނަމަވެސް ކުރާ އެހެން އަޅުކަން ޤަބޫލުކުރެއްވެވުން އޮތީ ނަމާދުކުރުމުންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވައިފި ކޮންމެ މީހެއްގެ ވާހަކައެވެ. ވީމާ އަހަރެންގެ އިލްތިމާސަކީ ހަމަ އެންމެންވެސް ހުކުރު ދުވަހު ކަހްފިސޫރަތް ކިޔެވުމުން ދެއްވަވާ ނޫރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް