އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތުގަ އެއްވެސް އެއްޗެއްނެތިގެން، ބޯހިޔާވަހެއްކަމެއްވެސް އަޅައިލާނެ ހަމައެކަކުވެސް ނެތިގެން ކަންބޮޑުވަނީހެއްޔެވެ؟ މާޔޫސްނުވެ މިދުޢާކޮށްލާށެވެ!

އަތުގަ އެއްވެސް އެއްޗެއްނެތިގެން، ބޯހިޔާވަހެއްކަމެއްވެސް އަޅައިލާނެ ހަމައެކަކުވެސް ނެތިގެން ކަންބޮޑުވަނީހެއްޔެވެ؟ މާޔޫސްނުވެ މިދުޢާކޮށްލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ކެތްތެރިވާން ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް ދިމާވާ ޙާލަތެއްގެ ސަބަބުން މާޔޫސްވެވުން އެއީ އިންސާނުންނަށް ކުރިމަތިވާ ކަމެކެވެ. އެޙާލަތުގައި ފުރަތަމަކަމަކަށްވެސް ކުރަން އޮތް ކަމަކީ އެކަމަކަށް ކުރަން އޮތް އެންމެ ރަނގަޅު ދުޢާއެއް ކުރުމަށެވެ.   

މިޘާލަކަށް ބުނާނަމަ އެއްވެސް އެއްޗެއް އަތުގަ ނެތީހެއްޔެވެ؟ ކާނެ އެއްޗެއް، ބޯހިޔާވަހިކުރެވޭނެ ގޮތެއް ފަދަ އެއްވެސް ކަމެއް ކުރެވޭނެ މަގެއްވެސް ފެންނަން ނެތީހެއްޔެވެ؟ އެހީތެރިވާނެ އެއްވެސް މީހަކުވެސް ނެތީހެއްޔެވެ؟ 

އެޙާލަތުގައި މޫސާގެފާނު ކުރެއްވެވި ދުޢާ ކޮށްލާށެވެ! 

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ 

[އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.]{ޤަޞަޞު 24} 

ދުޢާކުރައްވައި ނިމުނުތަނުން އަނބިކަނބަލަކާއި ދިރިއުޅުއްވަވާނެ ގެދޮރާއި ރިޒްޤްވެސް ދެއްވެވިއެވެ. އަހަރެމެންވެސް ތެދުވެރިވެ ދުޢާކުރީމާ ހަމައެފަދައިން ދެއްވަވާނެތެވެ. އިން ޝާ ﷲ ވީމާ މިއީ ހިތުގައި ޔަޤީންކަން ބާއްވައިގެން ކުރަމުން ގެންދަން އޮތް ދުޢާއެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް