އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ އަރާމުގަ ދަތުރުކުރިނަމަވެސް ރޯދަ ވިއްލުމުގެ އިޚްތިޔާރު އެބައޮތް! އިސްކުރަންވީ އިޚްލާޞްތެރިކަން!

ކިތަންމެ އަރާމުގަ ދަތުރުކުރިނަމަވެސް ރޯދަ ވިއްލުމުގެ އިޚްތިޔާރު އެބައޮތް! އިސްކުރަންވީ އިޚްލާޞްތެރިކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

(ފްލައިޓުގައި ކިތަންމެ އަރާމުގައި ދަތުރުކުރުކުރިނަމަވެސް) ދަތުރުވެރިޔާއަށް އިޚްތިޔާރު އެބައޮތް ރޯދަ ދޫކޮށްލާފާ އޭގެ ބަދަލުގާ އެހެންދުވަހަކުން ރޯދަހިފުން. އެއީ ހަމަ އޭނަޔަށް ލިބިގެންވާ އިޚްތިޔާރެއް. 

ދެން އެހެންނަމަވެސް އޭނަޔަށް އެވަރުބަލިކަން އިޙްސާސް ނުކުރެވި ނުވަތަ ރޯދަޔަށް ހުރިކަމުގާވީނަމަވެސް އޭނަގެ ދަތުރު ކުރިޔަށް ގެންދިއުމަށް އޭނައަށް ދަތިއުދަގޫ ކަމަކަށް ނުވާކަމުގާވަނީނަމަ އެރޯދަ ފުރިހަމަ ކުރުން އެއީކީވެސް މައްސަލައެއްނޫން. އޭނަގެ އަމިއްލަ އިޚްތިޔާރުގަ އެކަންއޮތީ އެރޯދަ ދޫކޮށްލާނީތޯ ނުވަތަ ނޫންތޯ، 

އެހެންނަމަވެސް ކުރިން އަޅުގަނޑުދެންނެވިފަދައިން ދަތުރުގެ ސަބަބުން އޭނަޔަށް ވަރުބަލިކަންލިބި އަދި ރޯދަ ފުރިހަމަ ކުރަން އުނދަގޫވެއްޖެ ކަމަށްވަނީނަމަ، ރޯދައަށް ހުރުމުން  އޭނަޔަށް އިތުރު ވަރުބަލިކަން އަންނާނެ ކަމުގާވަނީނަމަ މިޙާލަތުގާ ރޯދަ ހިފައިގެނެއް ނުވާނެ. ރޯދަ ދޫކޮށްލަންވާނެ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް