އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވަރިދުވެފައިވާ ޒިކުރެއް ވޭ! ރޯދަވެރިޔާ ރޯދަ ވީއްލާ ވަޤުތު. އާދެ އެ ޒިކުރުގައި ވަނީ --- ވަރަށް މާތް މަތިވެރި ޒިކުރެއް. މި ޒިކުރުގެ މާނައަކީ --- " ކަރުހިއްކުން ފިލައިފިއެވެ." (އަރަބި) " ނާރުތަކަށް ތާޒާކަން، ތެއްކަން ލިބިއްޖެއޭ." -- " އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދުފުޅުން ރޯދައިގެ ސަވާބާއި ދަރުމަ ކަށަވަރު ވެއްޖެއޭ.
(عن ابن عمر قَالَ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَفْطَرَ قَالَ ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ
2357 سنن أبي داود كتاب الصوم باب القول عند الإفطار
2357 المحدث الألباني خلاصة حكم المحدث حسن في صحيح أبي داود
އާދެ ރޯދަވީއްލާ ވަގުތުގައި މި ދުޢާ އަޅުގަނޑުމެން ކިޔަންވީ، ރޯދަ ވީއްލާ ހިނދު. އެއީ ކަދުރުކޮޅަކުން ރޯދަ ވީއްލިޔަސް އަދި ފެންފޮދަކުން ރޯދަ ވީއްލިޔަސް. ކަދުރުން ރޯދަ ވީއްލުން ސުންނަތްވެގެންވޭ. ކަދުރު ނުލިބއްޖެކަމަށް ވެއްޖިއްޔާމު ފެނުން ރޯދަ ވީއްލުން ސުންނަތް ވެގެންވަނީ. ފެން ނެތްކަމަށް ވެއްޖިއްޔާމު ކޮންމެވެސް ފޮނި ކާއެއްޗަކުން ރޯދަ ވީއްލުން ސުންނަތް ވެގެންވނީ.
އެހެންވީމަ ސުންނަތް އަޅުގަނޑުމެންނަށް އަދާ ކުރެވޭތޯ ބަލަންޖެހޭނެ. އަދި ހަމަ މިޔާ އެކުގައި ސުންނަތުން މި ވާރިދުވެފައިވާ ދުޢާ އަޅުގަނޑުމެން ކުރަންޖެހޭނެ އެ ވަޤުތު.
މި ދުޢާ އަޅުގަނޑުމެން ކުރާއިރު ހަމައެކަނި މި އަރަބި ލަފްޒުކެއް ނޫން ކިޔަންވީކީ. މީގަ މިވާ މާނަ އަޅުގަނޑުމެންގެ ހިތުތެރެއަށް ގެންނަންވީ. މީގަ މިވާ މާނަ އެކަން އިޙްޞާސް އަޅުގަނޑުމެން ކުރަންވީ. ކިހާ މަތިވެރި މާނައެއްތޯ މީގަ މިވަނީ.
--- "ކަރު ހިއްކުން ފިލައިފިއެވެ. " އެހެންމަ އޭނަ އެ ރޯދަ ވީއްލާ ވަޤުތުގައި އޭނަގެ ކަރުހިއްކުން ފިލައިގެން އެބަދޭ. --- " ނާރުތަކަށް ތާޒާކަން ލިބިއްޖެއެވެ." ބަނޑުހައި ހޫނުކަމުގައި އޭނަ ހޭދަކޮށްފަ އެ ފެންފޮދު ބޮއެލީމަ އަދި ޖޫސްތަށި ބޮއެލީމަ އޭނަގެ ކަރުހިއްކުން ފިލައި އޭނަގެ ނާރުތަކަށް ތާޒާކަން ލިބިގެން މި ދަނީ. -- "އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މި ރޯދައިގެ ސަވާބާޢި ދަރުމަ އިންޝާﷲ އަޅުގަނޑުމެންނަށް ކަށަވަރު ވެއްޖެއޭ. "
އެހެންމަ މި ދުޢާ އަޅުގަނޑުމެން ކުރަންވީ، މި ޒިކުރު ކުރަންވީ. ރޯދަ ވީއްލާ ހިނދު. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަޅުގަނޑުމެންގެ ރޯދަ ވީއްލުމުގައިވެސް ބަރަކާތް ލެވިގެންވާނެ. އަދި އިތުރަށް ގިނަގިނައިން (މަޙަލް އަކީ އެއީ ދުޢާ) އިތުރުކުރަންޖެހޭ މަޙަލްއެއް. ރޯދަވެރިޔާގެ ދުޢާ ﷲ ސުބުހާނަހޫ ވަތަޢާލާ އިޖާބަ ކުރައްވާ ކަމަށް އަންނަނީ.
- ޝައިޚް ޝަފީޢު ޢަބްދުﷲ
Advertisement
3 އޭޕްރީލް 2024