އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ޢަބްދުﷲ ބުން ޢުމަރު ވިދާޅުވިއެވެ.
«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ». [متفق عليه]
މާނައީ: "މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ޞާޢެއްގެ މިންވަރު، [1] ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ."
ފިޠުރު ޒަކާތަށް ފަރުވާކުޑަނުކުރާށެވެ! އެއީ ރަމަޟާން މަހު ހިފުނު ރޯދައިން އުނިޔެފައިވާ ބައި ފުރިހަމަކުރުމަށް ﷲ ތަޢާލާ ލައްވަޥާފައިވާ ތާހިރު ކަމެކެވެ. ނުވަތަ ތާހިރުކުރެވެން އޮތް މަގެކެވެ.
(އަޑުއައްސަވާލެއްވުން މުހިންމު!)
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން:
Advertisement
3 އޭޕްރީލް 2024