އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނުއަސާސީ އޮތްގޮތުން ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެވެން އޮތީ ސަރުކާރަށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހުގަ ތިބެގެން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ޤާނޫނުއަސާސީ އޮތްގޮތުން ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެވެން އޮތީ ސަރުކާރަށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހުގަ ތިބެގެން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

އާދެ، އަޅުގަނޑުމެން ރައްޔިތުންގެ މަޖްލީހުގެ މި އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތް މިއަދާހަމައަށް ގޮސްފައި ވާއިރުގަ، ރައްޔިތުންނަށް ވަރަށް ސާފުކޮށް ދެންނެވޭތޯ މަސެއްކަތް ކުރަމުން މި އަންނަނީ މި އިންތިޚާބުގެ މުހިއްމު ކަމުގެ ވާހަކަ. ސަބަބަކީ ރައްޔިތުންގެ މަޖްލީހަކީ ސަރުކާރެއް ހިންގުމުގަ ރާއްޖޭގެ ޤާނޫނު އަސާސީ އޮތްގޮތުން ކޮންމެހެންވެސް މުހިއްމު އެއްބާރުލުންތަކެއް ލިބިގެން ނޫނިއްޔާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ގޮތަށް ބައްޓަންވެފަ އޮތުމާއެކީގަ. އެހެންމަ އެ މަޖްލީހުގެ މުހިއްމުކަން މި ބޮޑުވަނީ.  

އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖްލީހުގެތެ ތެރެއިން މި ބޭނުންވާ އެއްބާރުލުން ވަރަށް ބޮޑަށް އެބަ މުހިއްމު ވެގެންދޭ. ސަބަބަކީ ތަރައްޤީއަށްޓަކައި އަޅުގަނޑު ވެފައިވާ ވަޢުދުތައް ފުއްދުމުގައި ބޭނުންވަނީ އަދި ރައްޔިތުންވެސް ބޭނުންވަނީ ވަރަށް ބާރު ސްޕީޑުގަ އެކަން ކުރިއަށް ގެންދަން.  

ގައްދޫ ދާއިރާއަށް ބަލާއިރުގަވެސް ގައްދޫ ވާދޫގެ ތަރައްޤީއަށްޓަކައި ކެމްޕެއިން ތެރޭގައި އަދި ފަހުންވެސް ހުންނާނެ ވަރަށް ގިނަ ކަންތައްތައް ބަޔާން ކުރެވިފަ، ވަޢުދު ތަކުގެ ގޮތުގަވެސް ބަޔާން ކުރެވިފަ. އެ މަސެއްކަތްތައް ކުރުމަށް އަޅުގަނޑު ބޭނުން ވަރަށް ބާރު ސްޕީޑުގަ. ގައްދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަސެއްކަތްތައް، ވާދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަސެއްކަތްތައް އެހެރީ ކުރަން ނިންމާފަ. 

އެހެންވީމަ، މި ދާއިރާގެ ރައްޔިތުން ކިބައިންވެސް ހަމަ އެދެން އޮތީ ދެންމެ މި ދެންނެވި ކަންތައް. އިންތިޚާބުގަ ވޯޓު ދެއްވާއިރުގަ މި ދެންނެވި އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ބޭފުޅަކު ތިބޭފުޅުން ޚިޔާރު ކުރުން އެއީ ހަމަ ވަރަށް ވަރަށް މުހިއްމު ކަމެކެވެ. މި 5 އަހަރަކީ ތިބޭފުޅުންގެ ތަރައްޤީއަށްޓަކައި ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ތަރައްޤީ ޙާޞިލް ކުރުމަށްޓަކައި އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތި ވެގެން ދާނެ 5 އަހަރަށް ވިޔަ ނުދެއްވުމަށްޓަކައި މި ވޯޓު މުހިއްމު ވަނީ. އެގޮތުން ބަލާއިރުގަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދާއިރާގެ ރައްޔިތުން ކިބައިން ވަރަށް އަދަބުވެރިކަމާ އެކީގައި، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑުގެ 100 ޕަސެންޓް ތާޢީދުއޮތް ހަމައެކަނި ބޭފުޅަކީ އަޅުގަނޑުމެންގެ ކެނޑީޑޭޓް، ކެނޑިޑޭޓް ނަންބަރު 1 ކަން، މުޙައްމަދު ޢަލީ ކަން. 

އެހެންމަ މުޙައްމަދު ޢަލީ ހޮއްވަވައި ދެއްވުމަށް އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއި އެކީގަ . ދާއިރާގެ ހުރިހާ ރައްޔިތުން ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. 

އާދެ އަޅުގަނޑަށް މުޙައްމަދު ޢަލީ އިނގޭ ވަރަށް ކުރިންސުރެ. ވަރަށް ގިނަ ދުވަސްވެއްޖެ، ގިނަ އަހަރުތަކެއް ވެއްޖެ ދަންނަތާ ކައިރިން. ވަރަށް ގާތް ބޭފުޅެއް، ޢާއިލާގެ ބޭފުޅުންވެސް އަޅުގަނޑާ ވަރަށް ގާތް. އެހެންވީމަ އަޅުގަނޑަށް ވަރަށް ރަނަގަޅަށް އިނގޭ އަޚްލާގީ ގޮތުންވެސް ކޮންކަހަލަ ބޭފުޅެއްކަން ، ޒިންމާދާރު ވާނެކަން، ތެދުވެރި ވާނެކަން. އެހެންވީމަ ރައްޔިތުންނަށް ބޭނުންވަނީ ތިބޭފުޅުންގެ އުއްމީދުތަކުގަ ސަރުކާރުން ކުލަ ޖައްސައިދިނުމަށް، މި ދެންނެވި ޒިންމާދާރު ކަމާއި އެކީގަ، ތެދުވެރިކަމާ އެކީގަ މަޖްލީސް ތެރެއިން އެހީތެރިކަން ދެއްވާނެ ބޭފުޅެއް މި ވަގުތު. 

އެހެންވީމަ، އަޅުގަނޑުމެންގެ ސްލޯގަން ތަކުގެ ތެރޭގައި ތަރައްޤީ ހިމަނައިގެން މި އުޅެނީ، ބާރު ސްޕީޑުގަ ތަރައްޤީ ރައްޔިތުންނަށް ގެނެސްދޭނެ މަޖްލީހެއް ހޮވުމުގެ މުހިއްމުކަން ބޮޑު ވީމަ. އަޅުގަނޑު މި ދަންނަވަނީ މި އިންތިޚާބު މުހިއްމުވެގެން މި އަންނަނީ ތަރައްޤީ ޔަޤީން ކުރަން ބޭނުންވާތީއާއި ޤައުމުގައި މިނިވަންކަން، ރައްކާތެރިކަން ޔަޤީން ކުރުމުގެ  ބޭނުމުގައި. އަދި ހަމަ އެއާ އެކީގަ މި ޤައުމުގަ ހަމަޖެހުން ޤާއިމް ކުރުމުގެ މުހިއްމުކަން ބޮޑުވެގެން.  

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު