އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާރު އޮތް މަޖިލީހަކީ އެހެން އެއްވެސް ޤައުމެއްގަ ނުކުރާވަރަށް ސަރުކާރަށް ޖެއްސުންކުރާ މަޖިލީހެއް!

މިހާރު އޮތް މަޖިލީހަކީ އެހެން އެއްވެސް ޤައުމެއްގަ ނުކުރާވަރަށް ސަރުކާރަށް ޖެއްސުންކުރާ މަޖިލީހެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިހާރު އޮތް މަޖިލީހަކީ އެހެން އެއްވެސް ޤައުމެއްގަ ނުކުރާވަރަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަން މަސައްކަތްކޮށް ޖެއްސުންކުރާ މަޖިލީހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ މި ސަރުކާރުގެ މިއަދާ ހަމައށް އައިއިރުގަ މިހާރު އޮތް މަޖްލިސް އޮތް ގޮތުން ކުރިމަތި ކުރަމުން ދިޔަ އުނދަގޫތައް. ވަޒީރުންނަކަށް ރުހުމެއް ނުދޭ އަދިވެސް. މީ ދުނިޔޭގެ އެއްވެސް ތާކު މިކަން ހިނގި ގޮތެއް ނޫން. ކެބިނެޓް އެކުލަވާލާ ސަރުކާރެއް ފެށީ، ކެބިނެޓް އެކުލަވާލާ ޝަރުތު ހަމަވާ މީހުންތަކެއް ހިމަނާފަ ކެބިނެޓް އެކުލަވާ ލައިފިއްޔާ، ރުހުންދޭނެ. އަދި މިއަދާ ހަމައަށް އަޅުގަނޑަކަށް ހިޔެއް ނުވޭ މި ރާއްޖޭގެ ނޫނިއްޔާ މިކަން މިގޮތަށް ހިނގާފަ އޮތް ހެނެއް. އެއީ އެއްވެސް ސަބަބަކާ ހުރެ އެއްނޫން އެކަން އެގޮތަށް ކުރީކީ، ހަމަ ދެން ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި. ކަންކަން ހުއްޓުމަކަށް ގެނައުމަށްޓަކައި، ހަމަ ނުޖެހުން އިތުރު ކުރުމަށްޓަކައި."  

އެހެންވީމަ ރައްޔިތުން މި ނިންމަން ޖެހެނީ މިގޮތަށް އަބަދާ އަބަދު ސަރުކާރާއި މަޖްލީޙާ ދޭތެރޭގައި ކޯޅުން އެފެދި، ސަރުކާރާޢި މަޖްލީހާ ދޭތެރޭގައި ދެކޮޅުވެރިކަން އަބަދު އޮންނަ ހަމަ ނުޖެހުމުގެ ތެރޭގަ އޮންނަ ސިޔާސީ މަޝްރަހެއް ކުރިއަށް ދާންތޯ ނިންމަންވީ. އަޅުގަނޑު ޔަޤީންކުރަން ރައްޔިތުން އެގޮތެއް ބޭނުން ނުވާނެކަން. އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އިރާދުކުރެއްވީތީ.  

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު