އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރަށްވެސް ފާސްކޮށްދީފަ އޮތީ ރައްޔިތުން އެދޭގޮތަށް ޚިދުމަތްކުރަން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ހުރަސްއަޅާ ބަޖެޓެއް!: ރައީސް ޑރ. މުޢިއްޒު

މިއަހަރަށްވެސް ފާސްކޮށްދީފަ އޮތީ ރައްޔިތުން އެދޭގޮތަށް ޚިދުމަތްކުރަން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ހުރަސްއަޅާ ބަޖެޓެއް!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ތަރައްޤީގެ މަޝްރޫއުތައް ގެންދިއުމުގައިވެސް  ސަރުކާރާ، މަޖްލީހާ ދޭތެރޭގަ ހަމަޖެހުން އޮވެގެން. އަދި ގިނަ އެހެނިހެން ދާއިރާތަކުން ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގަ އެ ބޭނުންވާ އެއްބާރުލުން ލިބި، ޤައުމުގައި ހަމަޖެހުން ޤާއިމް ވެގެން ދިޔައީމަ. ސިޔާސީ ގޮތުންވެސް ޤައުމުގެ ކަންތައްތައް ހިނގަމުން ދާއިރުގަ، ހަމަޖެހުމާ  އެކީގަ، އިންސާފުވެރިކަމާ އެކީގަ މި ޤައުމުގެ ކަންކަން ބައްޓަން ވެގެން ގޮސްގެން. 

އޭގެ ބަދަލުގަ އަބަދާ އަބަދު، ކޮންމެ ކަމެއް ސަރުކާރުން ބޭނުންވިޔަސް އެކަމުގަ އިދިކޮޅު ހަދާނެ ބަޔަކު މަޖްލީހުގަ އަޅުގަނޑުމެން ޙިޔާރު ކޮށްގެން އިންތިޚާބު ކޮށްފިއްޔާ، ފެންނާނީ ހުރިހާ ކަމެއްގަ ދެކޮޅުހެދުން، މަސެއްކަތްތައް ހުއްޓުން. ބަޖެޓްވެސް ފާސްކުރުމުގަ ލިބޭނެ އެއްބަރުލުމެއް ނޯންނާނެ. މިޙާރުވެސް އެއޮތީ އެކަހަލަ ބަޖެޓެއް ފާސްކޮށްފަ. އަދި ދެންހުރި ކަންކަމުގަވެސް ލިބޭނެ އެއްބަރުލުމެއް ނޯންނާނެ. 

އެހެންމަ މި ތަޅާފޮޅުމާ، ކޯޅުމަށް ތައްޔާރުވެގެން ތިބި ބަޔަކު މަޖްލީހަށް ވެއްދުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ހިޔެއް ނުވެ އޮތްހެނެއް. ތަޅާފޮޅުމާ ކޯޅުން އަޅުގަނޑު މި ދެންނެވީ ޢަމަލީގޮތުން ފިޒިކަލީ ތަޅާ ފޮޅާ ވާހަކައެއް ނޫން. ސަރުކާރާ ރައްޔިތުންނާ ދޭތެރޭގެ މެދަށް ހުރަހެއްގޮތުގައި ކުރިމަތިވެ، ހުރިހާކަމެއް ހުއްޓުމަކަށް ގެނެސް، ހުރިހާ ކަމެއްގަ ދެކޮޅުހަދާ އެ ތަޅާފޮޅުމުގެ ވާހަކަ. އެއީކީއެއް ނޫންއަޅުގަނޑު ބޭޏުންވާ ގޮތަކީ އަދި ރައްޔިތުންވެސް އަޅުގަނޑު އިންތިޚާބު ކުރީކީއެއް އެގޮތަކަށް މި 5 އަހަރު ދޫކޮށްލާކަށް ނޫން. 

އަޅުގަނޑު ބޭނުން ވަރަށް ބާރު ސްޕީޑުގަ ކަންކަން ކުރިއަށް ގެންދަން. އެހެންމަ ރައްޔިތުންގެ މަޖްލީހާއެކީ އެކަން ވާންއޮތީ، ޤާނޫނު އަސާސީ އޮތްގޮތުން. އެހެންވެ ފަށަމުންވެސް މި ދެންނެވީ ރާއްޖޭގެ ޤާނޫނު އަސާސީ އޮތްގޮތުން މި މަޖްލީހުގެ މުހިއްމުކަން ވަރަށް ބޮޑޭ ތަރައްޤީގެ ކަންކަމަށް، ޤައުމުގަ ހަމަޖެހުން ގާއިމް ކުރުމަށް، ޤައުމަށް ރައްކާތެރިކަން ގެނައުމުގަ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު