އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

(ރައީސް ޔާމީނުގެ މައްސަލަ ނިންމިއަ ނުދޭން) އެމް.ޑީ.ޕީ އިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިކަން އެއޮތީ ޘާބިތުވެފަ! އެކަން ކުށްވެރިކުރަން!: ރައީސް ޑރ. މުޢިއްޒު

(ރައީސް ޔާމީނުގެ މައްސަލަ ނިންމިއަ ނުދޭން) އެމް.ޑީ.ޕީ އިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިކަން އެއޮތީ ޘާބިތުވެފަ! އެކަން ކުށްވެރިކުރަން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

އަޅުގަނޑު މި ފެނިގެން މި ދަނީ ކޮންމެ ކަމެއްގައިވެސް، މިހާރު އޮތް މަޖްލީހާ އަދި ކުރީގަ އެބޭފުޅުންގެ ސަރުކާރު އޮތްއިރުގަ އިންސާފުން އެއްކިބާވެގެން، ހަމަނުޖެހުމުގެ ތެރޭގައި ޤައުމު ކުރިއަށް ގެންގޮސްފައިވާތަން. އަޅުގަނޑު ވަޢުދުވިން މި ހަމަޖެހުން ޤާއިމް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޝަރުޢީ ދާއިރާ އަކީވެސް މިނިވަން ކުރެވިފަ އޮތްތަނަކަށް ހަދާނަމެ. އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ފުއްދާނެ ކަމުގެ ޔަޤީންކަން ދެމުން ވަޢުދުވެފަ ހުންނާނީ.  

އަޅުގަނޑު ދެންނެވިން ޝަރުޢީ ދާއިރާއަކި މިޤައުމުގަ ހަމަޖެހުން ޤާޢިމް ކުރުމަށްޓަކާ މިނިވަން ކުރާނެ ތަނެކޭ. ސިޔާސީ ވެގެން ސިޔާސީ މަޤާމެއްގަ މީހަކު ހުރީތީ އެމީހަކާ ދޭތެރޭގައި، ބަދަލު ނުހިފާނަމޭ. ހައްޔަރެއް ނުކުރާނަމެ. އެއްވެސް ވަރެއްގެ ޝަރީއަތެއް ނުހިންގާނަމޭ. ސިޔާސީ ވެގެންނެއް ޝަރުއީ ދާއިރާގެ ބޭނުމެއް އަދި އެހެން ކަމެއްގަވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެންނެއް ނުކުރާނަމޭ. އަޅުގަނޑު ދެންނެވިން، މި ސަރުކާރު ފެށިގެން އަންނަ ދުވަހު، ފުރަތަމަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަން ވާނެއެވެ.  

ހަނދުމަފުޅު ހުންނާނެ އަޅުގަނޑު ހުވާ ކުރި ދުވަހު އެތަނުގަ އަޅުގަނޑު ފުރަތަމަ ދެއްކި ވާހަކަ ދެއްކި އިރުގަވެސް އަޅުގަނޑު އިޢުލާނު ކުރިން، މި ހިނދުން ފެށިގެން ޝަރުއީ ދާއިރާ މިނިވަން ވީއްޔޭ. ހަމަ ޙަޤީޤީ މާނައިގަވެސް އެ ދުހުން ފެށިގެން މި ސަރުކާރުން މި ރާއްޖޭގެ ޝަރުޢީ ދާޢިރާއަށް ފޯރުވާފައި  އޮތް ނުފޫޒެއް ނޯއްނާނެ.  

އެކި ކަހަލަ ޙުކުމް އާދޭ ނޫންތޯ. އަޅުގަނޑުމެން ހިންގަން ނިންމާފަ ހުންނަ މަޝްރޫއުތައް ހުއްޓުވަންވެސް. މި ދޭތެރެއަކުން ހަނދުމަފުޅު ހުންނަވާނެ ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ހުއްޓުވާލި ކޮންމެސް ބަޔަކު މައްސަލަ ލައިގެން. ނޫހުން ފެނުނީ އަޅުގަނޑުމެންނަށް. ދެން އަޅުގަނޑުމެން އިސްތިއުނާފް ކޮށްގެން އެކަންވެސް ސަލާމަތް ކުރަން ޖެހުނީ. އަޅުގަނޑުމެން ނުފޫޒު ފޯރުވާނަމަ އެހެނެއް ނުހިނގާނެ އެކަމެއް.  

އަދި ހަނދުމަފުޅު ހުންނާނެ މާލޭގެ ރައްޔިތުން މާޅޭގެ މޭޔަރުކަމަށް ކުރިމަތިލީ އަޅުގަނޑުމެންގެ ކެނޑިޑޭޓް އާޒިމާ ޝަކޫރާ ދެކޮޅަށްވެސް ސިވިލް ކޯޓުން ކަންނޭންގެ މައްސަލައެއް ނިންމި. އަޅުގަނޑަށް އެކަންވެސް ފެނުނީ ހަމަ އެކަން ހިނގީމަ. ނުފޫޒު ފޯރުވާނަމަ އެކަހަލަ އެއްވެސް ކަމަކަށް ރިސްކު ނަގާނެތޯ އަޅުގަނޑުމެން. ނުނަގާނެ.  

އަޅުގަނޑުމެންގެ ތެރެއިން އެކި ލެވެލްތަކުން އެކި މަޤާމުތަކުގަ ތިއްބެވި ބޭފުޅުންވެސް ފޮލޯކުރާނީ މި އުސޫލު. އެހެންމަ ޝަރުޢީ ދާއިރާ އެއޮތީ މިނިވަން ކޮށްފަ. ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ޖޭ.އެސް.ސީ ކޮމްޕޮޒިޝަން އޮންނަގޮތުން ޖޭ،އެސް،ސީ ގެ ކޮންޓްރޯލް އަދިވެސް މިއޮތީ މިހާރުގެ މަޖްލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ، ބޭނުންގޮތަކަށް، ޖޭ.އެސް.ސީ ގެ ރައީސްއަކީވެސް އެމް.ޑީ.ޕީ ބޭފުޅެއް، މަޖްލީހުގެ ރައީސްއަކީ އެމް.ޑީ.ޕީ ބޭފުޅެއް. މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭ.އެސް.ސީ ގަ ހުންނަވާ. އަދި މަޖްލީހުގެ މެންބަރެއް ޖޭ.އެސް.ސީ ގަ ހުންނަވާނެ. އެހެންގޮސް އެމް.ޑީ.ޕީ ގެ ފުލް ބާރު ޖޭ.އެސް.ސީ ގެ ރައީސް އަމުދުން އިންނާތީ، އެމީހުން އަތުގަ މި އޮންނަނީ.  

އެކަން މި ސާބިތު މި ވަނީ، މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖްލީހުގެ ރައީސް ވިދާޅުވީ، ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ، އެ މައްސަލަ ޖޭ.އެސް.ސީ އިން ބަލަން ހުށައަޅާނަމޭ. ހަމަ އެވާހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގަ މިހާރު އެއޮތީ މާދަމައަށް ޝެޑިއުލް ކޮށްފަ. މިއޮއްހާ ދުވަހު އެބޭފުޅުން ހިފެހެއްޓީނޫންތޯ/. އެބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަ ކުރެވޭ.  

އަޅުގަނޑު މީގެ ކުރިންވެސް އާންމުކޮށް އޮންނާނެ ގޮވާލާފަ ޖުޑިޝަލް ދާއިރާއަށް، ޖުޑިޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފު ވެރި ކަމާއިއެކީގަ އަވަހަށް ނިންމަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފަ. އަދި އިންތިޚާބު ވެގެން ފުރަތަމަ ރޭ، އެންމެ ފުރަތަމަ ރައްޔިތުންނާ ނޫސްވެރިންނާ، ރައްޔިތުންނާ އެކު ބައްދަލު ކުރި ބައްދަލުކުރުމުގަ އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު އޭރުގެ ރައީސް އަށް، އޭރުގެ ސަރުކާރަށް ގޮވާލީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާށޭ. އެ ގޮވާލުމުގެ ނަތީޖާއަކަށްވީ ޖެހިގެން އައިދުވަ އެމަނިކުފާނު ގެއަށް ގެނެސްދިނީ. 

އެހެންނަމަވެސް، ޖޭ.އެސް.ސީ ގެ ކޮންޓްރޯލް، ޖޭ.އެސް.ސީގެ ރައީސަކީ އެމް.ޑީ.ޕީ ބޭފުޅެއް. މަޖްލިސްގެ ރައީސް އިހައްދުހު މި މައްސަލަ ޖޭ.އެސް.ސީ އަށް ލާނަމޭ، ހަމަ ވިދާޅުވެފަ ދެތިން ދުވަސްތެރޭގަ ޝެޑިއުލް ވީމަ އެބަ އެނގޭ އެބޭފޫޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑީޝަރީގެ ތެރޭގައި ހިންގާވަރު. ވަރަށް ހިތާމަ ހުރި ކަމެއް.  

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު