އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް އިންޞާފުލިބުން ލަސްވީ އެމްޑީޕީގެ ނުފޫޒުގަކަން ހާމަވެއްޖެ! ޔަޤީންވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ރައްޔިތުންނަށް އިންޞާފެއް ނުލިބޭނެކަން!

ރައީސް ޔާމީނަށް އިންޞާފުލިބުން ލަސްވީ އެމްޑީޕީގެ ނުފޫޒުގަކަން ހާމަވެއްޖެ! ޔަޤީންވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ރައްޔިތުންނަށް އިންޞާފެއް ނުލިބޭނެކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 9 ސިކުންތު

ރައީސް ޔާމީނަށް އިންޞާފުލިބުން ލަސްކުރީ އެމްޑީޕީކަން ހާމަވެއްޖެއެވެ. އެއީ އެމްޑީޕީން ބޭނުންވާއިރަށް ޝަރީޢަތް ހިނގައިގަތުމުންނެވެ. އަދި އެކަމުގައި ފޮރުވިފައި އޮތް ސިއްރަކީ އެމްޑީޕީއަށް ބޭނުންވާ ގޮތަށް މަޖިލިސް އިންތިޚާބު ކާމިޔާބުކުރުންކަން އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. އެކަންވެސް ފެށިގެން އެދަނީ ކުރިއަށެވެ. އެއްގޮނޑީގައި އެގެންދަނީ ދެކުލަ ޖައްސަމުންނެވެ. 

ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުން "ޕާކިސްތާނުގަ އިމްރާންޚާނަށް ހެދި ގޮތް ހަދައިލާނަމޭ! 6 މަސްތެރޭ ވެރިކަން ވައްޓާލާނަމޭ" ބުނި އަޑުތަކާއި ރައީސުލްޖުމްޖުމްހޫރިއްޔާ ޢަޒަލުކުރުމުގެ ވާހަކައިގެ އަޑު ގަދަވަމާ ރައީސް ޔާމީނުގެ މައްސަލަ ނުނިމި ލަސްވުމާ މިހުރިހާކަންކަން ގުޅިލާމެހިފައިވާކަން މިއަދު އެއަންނަނީ ހާމަވަމުންނެވެ. 

މިހުރިހާ ކަންކަމަށް ވިސްނައި ފިކުރު ހިންގައިލުމުން އެނގިގެންދަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ރައްޔިތުންނަށް އިންޞާފެއް ނުލިބޭނެކަމެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި ޝަރުޢީ ނިޒާމާއި ނޫންކަމާއި މުޅި ރާއްޖޭގެ މިނިވަންކަމާއި ތަރައްޤީ އާއި އިސްލާމް ދީން ޙިމާޔަތްކުރުމާއިވެސް ގުޅިފައިވާކަން މިވަނީ ވަރަށް ރަނގަޅަށް ޘާބިތުވެފައެވެ! 

ދީނާ އަމިއްލަ ވަންތަކަން ވިއްކާލަން، ނަގާލަން ވަރަށް ފަސޭހަވާނެއެވެ. އަބަދުވެސް އުނދަގޫވަނީ އަނބުރާ ހޯދުމެވެ. ގިނަފަހަރު އޮންނަނީ ނުލިބިފައެވެ. މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުހޮވިއްޖެނަމަ (ސަރުކާރަށް ފުރިހަމަ އަޣްލަބިއްޔަތެއް ނުލިބިއްޖެނަމަ) އެކަންވެގެންދާނީ ރައްޔިތުން އަނެއްކާވެސް އަޅުވެތިވެ ޤައުމުން އިސްލާމްދީން ބީވެގެންދިއުންކަން އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ! 

ރައީސް ޑރ. މުޢިއްޒު ރޭ ދެއްކެވި ވާހަކަފުޅުން: 

އަޅުގަނޑު ވަޢުދުވިން، ޤާނޫނުތަކަށް ބަދަލު ގެނެސްގެން ޖޭ.އެސް.ސީ ގެ ކޮމްޕޮޒިޝަން ބަދަލުކުރާނަމޭ. މީ އަޅުގަނޑުގެ ރިޔާސީ ވަޢުދެއް ޖޭ.އެސް.ސީ ގެ ކޮމްޕޮޒިޝަން މި ސިޔާސީ ނުފޫޒުން އެއްކިބާ ކުރާނަމޭ. 

އެކަން ކުރެވޭނީ މި ވިސްނުމުގެ، ދިވެހިންގެ ރާއްޖޭގެ ވިސްނުމުގެ މިނިވަންކަމާ، އިންސާފުވެރިކާމާ، ހަމަޖެހުމަށް ލޯބިކުރާ އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮވައިގެން. ޖޭ.އެސް.ސީ ގެ ކޮމްޕޮޒިޝަން ބަދަލުކުރަން އަޅުގަނޑު ބޭނުންވަނީ މިދެންނެވި ސިޔާސީ މަޤާމުތަކުގަ ތިބޭ، ސިޔާސީ ގޮތުން އިންތިޚާބުވެފަ ތިބޭ އެ ޖޭ.އެސް.ސީ ގެ ކޮމްޕޮޒިޝަންގަ މެންބަރުންގެ ގޮތުގައި ނުތިބެވޭނެގޮތަށް ބަދަލުކުރެވުނު ދުވަހަކުން. ރިޓަޔާޑް ޖަޖުންނާ، މިހެން ގޮސް ސިޔާސީ އެއްވެސް މަޤާމެއްގަ ނެތް މީހުން އެ ޖޭ.އެސް.ސީގަ ތިބެގެން ނޫނިއްޔާ މިނިވަންކަމާ އެކީ ޖޭ.އެސް.ސީ ނުހިނގާނެތީ  ޤާނޫނު ބަދަލުކުރަން އަޅުގަނޑު ވަޢުދުވެފަ އޮންނާނީ. އެހެންމަ އެކަން ކުރެވޭނެ މަގުވެސް ފަހިކޮށްދެވޭނީ މަޖްލީހުގެ ތެރެއިން ރައްޔިތުން ހޮވާ ދެއްވާ މަޖްލީހުން.

އެހެންވީމާ، އެމް.ޑީ.ޕީން މަޖްލީހުގެ ރައީސް އެގޮތަށް ގޮވާ ލެއްވީމާ އެއޮތީ، ތާވަލް ކުރެވިފަ. އަޅުގަނޑު ވަރަށް. އުފާ ކޮށްފިން. ވަރަށް އުފާ ކުރަން އެކަން އެހެން ހިނގީމަ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައިގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖްލީސް ބޭއްވޭނެކަމަށް މަޢުލޫމާތު ލިބިފަ އޮތީ. ބޭއްވޭއިރަކުން އަޅުގަނޑު އުއްމީދު ކުރަނީ މާދަމާ އޮންނާނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން. 

އެހެންވީމާ، މިއަދާ ހަމައަށް ޖޭ.އެސް.ސީ ގެ ތެރެއިން އެމް.ޑީ.ޕީ ގެ ބާރު ހިންގައިގެން ޖުޑިޝަރީއަށް ނުފޫޒް ފޯރުވި ފޯރުވުން އަޅުގަނޑު ކުއްވެރިކުރަން. އެމް.ޑީ.ޕީ އިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ފޯރުވުން ސާބިތު ވެގެން އެ ދިޔައީ. 

އެހެންވީމަ، މާދަމައަކީ އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުން ކަމެއް ނޫން، އަބަދުވެސް މި ދަންނަވަނީ  ރާއްޖޭގަ ވެރިކަން ކޮށްފަ ތިބި މީހުންނަކީ ކުރީގަހެން ކަންކަން ކުރި ގޮތަށް މި ސަރުކާރުން ގެންގޮސް ސިޔާސި އުނދަގޫ ކުރާނެ ސަރުކާރެއް ނޫނޭމީ. މާދަމާ އެމަނިކުފާނު މިނިވަންވުމަކީ އަޅުގަނޑު ވަރަށް އުއްމީދު ކުރާ ކަމެއް. އެއަށްފަހު ދެން ފެންނާނީ ރާއްޖޭގަ ހުރިހާ ރައީސުންވެސް. ކުރީގެ ރައީސުން މިނިވަންކަމާ އެކު އުޅެމުން ދާތަނަ. ވެރިކަން ކުރުމަކީ އެ ވެރިކަން ނިމުމަށްފަހު ގެންގޮސް، މީގެ ކުރީގަ ކަންކުރިގޮތަށް ހައްޔަރު ކޮށްގެން އަބަދާ އަބަދު ބަދަލު ހިފުމުގެ ރޫޙުގެ ތެރޭގަ، އޮއިވަރެއްގެ ތެރޭގަ މި ޤައުމު ގެންދަން ތިބި ބައެއް ނޫން. ހައްޔަރު ކުރަން ތިބި ބައެއް ނޫން. އެހެންވެ އަޅުގަނޑު ދެންނެވީ ރިޔާސީ އިންތިޚާބުގެ ތެރޭގަ މި ޤައުމުން ބަދަލު ހިފުމުގެ ރޫޙު ނައްތާލާނަމޭ. މި ސަރުކާރުގެ ތެރެއަކުން ނުފެންނާނެ ބަދަލު ހިފުމުގެ ރޫޙު، އެއް ގޮތަކަށްވެސް. އެއްގޮތަކަށްވެސް ނުފެންނާނެ. 

އެހެންމަ ، މި ޤައުމަށް މި ހަމަޖެހުން ގެނައުމަށްޓަކާ، މި ހަމަޖެހުމުގެ މި ރޫޙު މި ޤައުމުގަ އާލާ ކުރުމަށްޓަކާ އަޅުގަނޑުމެން ކެނޑިޑޭޓުން ހޮވަން މި ޖެހެނީ. އަޅުގަނޑުމެން ޤާނޫނުތަކަށް ގެންނަ އިސްލާޙުތަކަށް އަލަށް ހުށައަޅާ ބިލްތަކުން ފާސްކުރާ ޤާނޫނުތަކުން ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ. ހުރިހާ ދާއިރާއަކުންވެސް. އެއީ އިޖްތިމާއީ ގޮތުން ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ކޮށްދީގެން، ހާއްސަކޮށް ގެދޮރުވެރިކަން. 

ގެދޮރުވެރިކަމަކީ ޤައުމަކަށް ހަމަޖެހުމެއް، މި ޤައުމަށް ހަމަ ޔަޤީނުންވެސް ހަމަޖެހުން އައުމުގަ އެންމެ  މުހިއްމު ކަންތައްތައް. ގެދޮރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެން ފާސްކުރަން ބޭނުންވާ އެތައް ޤާނޫނެއް އެބަހުރި. އަޅުގަނޑު މެނިފެސްޓޯގަ ހިމަނާފަ މިހާރުވެސް ބައެއް ބިލްތައް އެހެރީ ހުށަހަޅާފަ. 

ވަރަށް ގިނަ މަޝްރޫއު ހިންގަން ބޭނުންވޭ ގެދޮރުވެރިކަމުގެ ދާއިރާޢިން. މިކަންކަން ކުރެވޭނީ އެކި ކަހަލަ ފައިނޭންޝިއަލް ފެސިލިޓީސް ތައް ފަހިކޮށްގެން. ލޯނުތައް ނަގައިގެން. ނޫނިއްޔާމު ހިލޭ އެހީ ހޯދަން މަޖްލީހުގެ އެހީތެރިކަން ލިބިގެން މި ކަންކަން ކުރިއަށް ދާނީ. އެހެންމަ މި ޤައުމަށް މި ހަމަޖެހުން ގެނައުމަށްޓަކާ މި މަސައްކަތް ކޯށްދޭނެ ބަޔަކު އަޅުގަނޑުމެން މަޖްލީހަށް ހޮވަން މި ޖެހެނީ.

އަޅުގަނޑު ޔަޤީންކުރަނީ ދިވެހި ލޮބުވެތި ރައްޔިތުން މިއަންނަ އާދިއްތަ ދުވަހު ނުކުމެ ވަޑައިގެން ވަރަށް ޤައުމީ ރޫޙެއްގަ، ވަރަށް ޒިންމާދާރު ރޫޙެއްގަ ވަޑައިގެން އަޅުގަނޑުމެންގެ ކެނޑިޑޭޓުން ޚިޔާރު ކުރައްވާނެ ކަމަށް. އެއީ ޙަޤީގަތުގަވެސް މި ޤައުމުގަ މި 5 އަހަރު އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ތަރައްޤީއާ ހަމަޖެހުން އަދި ރައްކާތެރިކަން ޔަޤީންވެގެން ދާނެ ދުވަހަކަށް ހެއްދެވުމަކީ އަޅުގަނޑު އެދޭ ގޮތް. އަދި ޔަޤީންކުރާ ގޮތް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮ ބަސް ޤަބޫކުރާ ބައެއް ކަމުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ނިންމުންތަކަކީ ތެދުވެރިކަމާއި، ޒިންމާދާރުކަމާއެކީގަ، އަމާނާތްތެރިކަމާ އެކީގަ، ނިންމާ ނިންމުންތަކެއްގޮތުގަ ހެދުމުގެ ހެޔޮ ތަޢުފީގު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަކީ މިނިވަންކަންމަތީ ތާ އަބަދުމެ ދެމިގެންދާ ޤައުމެއްކަމުގަ މިންވަރު ކުރައްވާށި." އާމީން" 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު