އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުއާއަކީ އަދި އުންމީދަކީ މާދަމާ ރައީސް ޔާމީން މިނިވަންވުން، އޭރުން ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ރައީސުން މިނިވަން ކަމާއެކުގައި އުޅެމުންދާތަން: ރައީސް

ދުއާއަކީ އަދި އުންމީދަކީ މާދަމާ ރައީސް ޔާމީން މިނިވަންވުން، އޭރުން ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ރައީސުން މިނިވަން ކަމާއެކުގައި އުޅެމުންދާތަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އެމަނިކުފާނު ދުއާއަކީ މާދަމާ ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުކުމް ކުރުމުގެ ޝަރީއަތުގައި ޔާމީން މިނިވަންވުން ކަމަށާއި އެގޮތަށް އުއްމީދު ކުރައްްވާކަމަށާއި ޔާމީން މިނިވަންވުމުން ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ރައީސުން މިނިވަންކަމާއެކީ އުޅޭތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބާއި ގުޅުވައިގެން ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމަ ދޭން މީގެ ކުރިން އެމަނިކުފާނު ޖުޑިޝަރީއަށް ގޮވާލާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވެ އެންމެ ފުރަތަމަ ނޫސްވެރިންނާއި ބައްދަލު ކުރައްވާވެސް ކުރީގެ ރައީސައަށް ދެންނެވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވި ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދުއާއަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ. މާދަމާ ޔާމީން މިނިވަން ވުމަކީ އެމަނިކުފާނު ވަރަށް އުއްމީދު ކުރައްވާކަމެއްކަމަށާއި އެއަށްފަހު ރާއްޖޭގެ ހުރިހާ ރައީސުން މިނިވަން ކަމާއި އެކީގައި އުޅެމުންދާތަން ދެން ފެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޔާމީންގެ އިސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅޭ މައްސަލައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު