އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހެއްގެ އަނބިމީހާއަށް ހެޔޮކޮށް ނުހިތާ މީހަކަށް، ﷲ ގެ ޙަޟްރަތުގަ އެންމެ މަތިވެރިމީހަކުކަމަކަށް ނުވެވޭނެ!: މުފްތީ މެންކް

އެމީހެއްގެ އަނބިމީހާއަށް ހެޔޮކޮށް ނުހިތާ މީހަކަށް، ﷲ ގެ ޙަޟްރަތުގަ އެންމެ މަތިވެރިމީހަކުކަމަކަށް ނުވެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެންމެ މަތިވެރިވާން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިވެ އުފުލިގެން ދިއުމަށް އެދޭ މީހުންނެވެ. އެކަމަށްޓަކައި ދީލަތިވެ މީހުންނަށް ހެޔޮކޮށް ހިތައި އޯގާތެރިވެސްވާ މީހުންނެވެ.  

އެހެންނަމަވެސް ރަސޫލް ()ގެ މިޙަދީޘްފުޅު ގިނަ ބައަކަށްވަނީ ހަނދާން ނެތިފައެވެ. އެއީ "ތިއަބައިމީހުންގެ އެންމެ "ބެސްޓް" މީހާއަކީ އެމިހާގެ އަނބިމީހާއަށް އެންމެ "ބެސްޓް" (ހެޔޮ މީހާ)" ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.  

3 – The Prophet (peace and blessings of Allaah be upon him) enjoined kind treatment and honouring of one’s wife, and he described the best of people as those who are best to their wives. He said: “The best of you are those who are the best to their wives, and I am the best of you to my wives.” Narrated by al-Tirmidhi, 3895; Ibn Maajah, 1977; classed as saheeh by al-Albaani in Saheeh al-Tirmidhi.

މިޙަދީޘްފުޅުގައި ރަސޫލް () އެވަނީ މީސްތަކުންގެ ތެރެއިން އަނބިންނަށް އެންމެ ހެޔޮ ބޭކަލަކީ އިތުރު އެކަލޭގެފާނުކަންވެސް ބަޔާން ކުރައްވަވައިފައެވެ. އަނބިންނަށް ހެޔޮވުމުގެ މަތިވެރިކަން ބަޔާންކޮށް ދެއްވަވައި އެފަދަ މީހަކު ކަމުގައިވުމަށް ހިތްވަރު ދެއްވެވުމުގެ ގޮތުންނެވެ.  

އެހެންކަމާއިއެކުވެސް ގިނަ ބައަކު ވަނީ މިކަމުގައި ފޭލްވެފައެވެ. އެންމެ ކުޑަމިނުން އަނބިންނަށް ޙައްޤު އިޙްތިރާމް އަދާކުރުމުގައިވެސް ގިނަ ބައަކު މިއަދުވަނީ ފޭލްވެފައެވެ. ހެޔޮ ބަހެއް ބުނުމުގައިވެސް މިވަނީ ފޭލްވެފައެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މަލާމާތް މިއަދު މުސްލިމުންނަށް ދަނީ ލިބެމުންނެވެ. އެހެންކަމުން ނަމޫނާ ދައްކައި ޙާލަތު ބަދަލުކުރުން ވަނީ އަހަރެމެންގެ އަތްމަތީގައެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް