އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަލާއިކަތުން އަޅުގަނޑުމެންނާ ކައިރިވެވަޑައިނުގަންނަވާ ޙާލަތަށް ސަމާލުކަންދެމާތޯ!

މަލާއިކަތުން އަޅުގަނޑުމެންނާ ކައިރިވެވަޑައިނުގަންނަވާ ޙާލަތަށް ސަމާލުކަންދެމާތޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 32 ސިކުންތު

ރަސޫލާ صلى الله عليه و سلم ގެ އަރިހުން ޢައްމާރު ބުން ޔާސިރު رضي الله عنهما ރިވާކުރައްވާފައިވެއެވެ.  

(قَالَ ثَلَاثَةٌ لَا تَقْرَبُهُمْ الْمَلَائِكَةُ جِيفَةُ الْكَافِرِ وَالْمُتَضَمِّخُ بِالْخَلُوقِ وَالْجُنُبُ إِلَّا أَنْ يَتَوَضَّأَ) 

މާނައީ: މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ. އެއީ މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި ޚަލޫޤު(އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ. “  

5- މި ވުޟޫގެ ޙުކުމް: 

މިވުޟޫއަކީ ވާޖިބުވެގެންވާ ވުޟޫއެއްނޫނެވެ. އެހެނެއްކަމަކު ސުންނަތްކަން ގަދަވެގެންވާ ވުޟޫއެކެވެ. މީގެ ދަލީލަކީ ޢުމަރުގެފާނުގެ މި ޙަދީޘްފުޅެވެ. އެކަލޭގެފާނު ރަސޫލުﷲ صلى الله عليه و سلم އާއި ސުވާލު ކުރެއްވިއެވެ.  

(أَيَنَامُ أَحَدُنَا وَهُوَ جُنُبٌ؟ فَقَالَ: نَعَمْ.  وَ يَتَوَضَّأُ إِنْ شَاءَ  )

މާނައީ: ތިމަންބޭކަލުންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދިދާނެތޯއެވެ؟ ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާދޭހެވެ. އަދި އޭނާ ބޭނުންނަމަ ވުޟޫކުރާށެވެ." 

އަދި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ މިޙަދީޘްފުޅުންވެސް މިޙުކުމަށް ބާރުދެއެވެ.  (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنَامُ وَهُوَ جُنُبٌ مِنْ غَيْرِ أَنْ يَمَسَّ مَاءً [حَتَّى يَقُوْمَ بَعْدَ ذَلِكَ فَيَغْتَسِلُ]) 

މާނައީ: ފެނުގައި ބީހުމެއްނެތި (ވުޟޫ އަދި ހިނައިގަތުމަކާއި ނުލާ) ޖުނުބުވެރި ޙާލުގައި ރަސޫލުﷲ صلى الله عليه وسلم އަވަހާރަފުޅުލައްޕަވައެވެ. އެއަށްފަހު ހޭފުޅުލައްވައި ހިނައިވަޑައިގަންނަވައެވެ." 

އަދިވެސް އެކަމަނާ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ.  

(كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَبِيتُ جُنُبًا فَيَأْتِيهِ بِلَالٌ فَيُؤْذِنُهُ بِالصَّلَاةِ فَيَقُومُ فَيَغْتَسِلُ فَأَنْظُرُ إِلَى تَحَدُّرِ الْمَاءِ مِنْ رَأْسِهِ ثُمَّ يَخْرُجُ فَأَسْمَعُ صَوْتَهُ فِي صَلَاةِ الْفَجْرِ ثُمَّ يَظَلُّ صَائِمًا) قَالَ مُطَرِّفٌ فَقُلْتُ لِعَامِرٍ فِي رَمَضَانَ؟ قَالَ:نعم. سَوَاءٌ رَمَضَانُ أَوْ غَيْرُهُ . 

މާނައީ: " ރަސޫލުﷲ صلى الله عليه و سلم ޖުނުބުވެރި ޙާލުގައި އަވަހާރަފުޅުލައްޕަވައެވެ. ދެންފަހެ ބިލާލްގެފާނު އެކަލޭގެފާނުގެ އަރިހަށްވަޑައިގަތުމަށްފަހު ނަމާދަށް އިޛުނައަށް އެދިވަޑައިގަތުމުން، އެކަލޭގެފާނު ތެދުވެވަޑައިގެން ހިނައިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުން ފެންތިކިތައް އޮހޮރިގެންދާތަން ތިމަންކަމަނާ ބައްލަވަމެވެ. އެއަށްފަހު ނުކުމެވަޑައިގަންނަވައެވެ. އަދި ފަތިސްނަމާދުގައި  އެކަލޭގެފާނު ކިޔަވާވިދާޅުވާ އަޑުފުޅު ތިމަންކަމަނާ އަޑުއައްސަވަމެވެ. ދެންފަހެ އެދުވަހު އެކަލޭގެފާނު ރޯދައަށް ހުންނަވައެވެ." 

މުޠައްރިފު(ޙަދީޘްގެ ރާވީއެއް) ވިދާޅުވިއެވެ. ތިމަން ޢާމިރަށް ދެންނެވީމެވެ. އެއީ ރަމަޟާން މަހުގައިތޯއެވެ؟ ވިދާޅުވިއެވެ. އާދޭހެވެ. ރަމަޟާން މާހާއި އެނޫންމަހެއް ކަމުގައިވިޔަސްމެވެ."  

6- ޖުނުބުވެރިޔާ ވުޟޫގެ ބަދަލުގައި ތަޔައްމުމް ކުރުން: 

ވުޟޫކުރުމުގެ ބަދަލުގައި ދެމަފިރިންނަށް ބައެއްފަހަރު ތަޔައްމުމް ކުރުން ހުއްދަވެގެންވެއެވެ. ޢާއިޝާ رضي الله عنها ގެ ޙަދީޘްފުޅެއްގައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.  

(كَانَ رَسُولُ اللَّهِ -صلى الله عليه وسلم- إِذَا أَجْنَبَ فَأَرَادَ أَنْ يَنَامَ تَوَضَّأَ أَوْ تَيَمَّمَ)

މާނައީ: ރަސޫލުﷲ صلى الله عليه و سلم ޖުނުބުވެރި ވެވަޑައިގެންނެވުމަށްފަހު އަވަހާރަޕުޅުލައްޕަވަން ބޭނުންފުޅުވެއްޖެނަމަ ވުޟޫ ކުރައްވަވައެވެ. ނުވަތަ ތަޔައްމުމް ކުރައްވައެވެ. “ 

7- ނިދުމުގެކުރިން ހިނައިގަތުން މޮޅުއިތުރުވެގެންވުން: 

ހިނައިގަތުމަކީ ދެމަފިރިންނަށްވެސް އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ. ޢަބްދުﷲ ބުން ޤައިސްގެ ޙަދީޘެއްގައި ވެއެވެ.  

(قُلْتُ: كَيْفَ كَانَ يَصْنَعُ فِيْ الجَنَابَةِ؟ أَكَانَ يَغْتَسِلُ قَبْلَ أَنْ يَنَامَ أَمْ يَنَامَ قَبْلَ أَنْ يَغْتَسِلَ؟ قَالَتْ: كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ . قُلْتُ: اَلْحَمْدُ لِلَّهِ الَّذِيْ جَعَلَ فِيْ الْأَمْرِ سَعَةً. ) 

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ޢާއިޝާ رضي الله عنهما އާއި ސުވާލުކުރެއްވީމެވެ. ތިމަން ދެންނެވީމެވެ. ރަސޫލާ صلى الله عليه و سلم ޖުނުބުވެރި ޙާލަތުގައި ކަންތައް ކުރައްވާކަމުގައިވަނީ ކޮންގޮތަކަށްތޯއެވެ؟ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ހިނައިވަޑައިގަންނަވަނީ ތޯއެވެ؟ ނުވަތަ ހިނައިވަޑައިގަތުމުގެ ކުރިން އަވަހާރަފުޅުލައްޕަވަނީތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ: ހަމަކަށަވަރުން އެ ހުރިހާ ގޮތަކަށްވެސް އެކަލޭގެފާނު ކަންތައް ކުރައްވާކަމުގައި ވެއެވެ. ބައެއްފަހަރު ހިނައިވަޑައިގަތުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ. އަދި ބައެއްފަހަރު ވުޟޫކުރެއްވުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މި ކަންތައްތަކުގައި ފަސޭހަކަންލެއްވި ﷲ އަށް ހުރިހާ ޙަމްދެއް ހުއްޓެވެ." 

މަޞްދަރު: آداب الزفاف في السنة المطهرة للشيخ محمد ناصر الدين الألباني

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް