އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަދީޘްގެ ކުރު ޝަރަޙަ: ދަރިންނަށް ބޮސްދީ އެކުދިންނާއެކު ސަމަސާކުރުން -

ޙަދީޘްގެ ކުރު ޝަރަޙަ: ދަރިންނަށް ބޮސްދީ އެކުދިންނާއެކު ސަމަސާކުރުން -


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 25 ސިކުންތު

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. 

ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ކާފަ ދަރިކަލެއްކަމުގައިވާ އަލްޙަސަން ބުން ޢަލީއަށް ބޮސްދެއްވިއެވެ. އެވަޤުތު އަލްޢަޤްރައު ބުން ޙާބިސް އައްތަމީމީ އެތަނުގައި އިންނެވިއެވެ. ފަހެ، އަލްއަޤްރަޢު ދެންނެވިއެވެ. "ހަމަކަށަވަރުން އަޅުގަނޑަށް ދިހަ ދަރީން ލިބިފައިވެއެވެ. ދުވަހަކަވެސް އެތަނުން ކުއްޖަކަށް  ބޮސްނުދެމެވެ.” ދެން ރަސޫލުﷲ صلى الله عليه وسلم، އެކަލޭގެފާނާއި ދިމާއަށް ބައްލަވާލައްވާފައި ހަދީޘް ކުރެއްވިއެވެ. “(އެހެން މީހުންނަށް) ރަޙުމު ނުކުރާ މީހަކަށް، ރަޙުމެއް ނުލިބޭނެއެވެ."

[رواه البخاري] 

ދަރިންނަށް ބޮސްދިނުމަކީ ބައްޕަގެ ހައިބަތު ކުޑަވާ ކަމެއް ނޫންނެވެ. ދަރިންނާއި ސަމާސާކޮށް ހެދުމަކީ އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ ކަމެއް، ކުޑަކުދިންނަށް އޯގާތެރިވުމަކީ ޘަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ.

އަލްޙަސަންގެފާނާއި އަލްޙުސައިންގެފާނަށް ވަރަށް ގިނައިން އެކަލޭގެފާނު އޯގާރެތިކޮށް ހިއްތަވައެވެ. އެކަލޭގެފާނު ދަތުރުފުޅަކުން އެނބުރިވަޑައިގަންނަވާއިރު އެކަލޭގެފާނަށް އިސްތިޤްބާލުކުރުމަށް ކުޑަކުދިންތައް އުފަލުން ދެއެވެ. 

ޢަބްދުﷲ ބުން ޖަޢުފަރު رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ  صلى الله عليه وسلم ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވާ ހިނދު އެކަލޭގެފާނާއި ބައްދަލުކުރުމަށްޓަކައި ތިމަންމެން ނުކުންނަމެވެ. އަދި ވިދާޅުވިއެވެ. ފަހެ، ތިމަން ކަލޭގެފާނާއި އަލްޙަސަން ނުވަތަ އަލްޙުސައިން އެކަލޭގެފާނާއި ބައްދަލުކުރީމެވެ. ވިދާޅުވިއެވެ. "ފަހެ، އެކަލޭގެފާނު ތިމަންމެންގެ ތެރެއިން އެއް ބޭކަލަކު އެކަލޭގެފާނުގެ ދެއަތްޕުޅުން ހިއްޕެވިއެވެ. އަދި އަނެއް ބޭކަލަކު އެކަލޭގެފާނުގެ ބުރަކަށިފުޅުމަތީ މަދީނާއަށް ވަދެވެންދެން އުފުއްލެވިއެވެ. "رواه مسلم] 

މީގެ އިތުރުން ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އެއްވެސް ހާލެއްގައި ދަށު ދަރަޖައިގެ ކަމެއް ނޫންނެވެ. އަނބިންގެ މަސައްކަތްތަކުގައި އެހީތެރިވުމަކީ ފިރިހެނުންގެ ޤަދަރާއި މަޤާމު ދަށްވާކަމެކެވެ. އެހެނެއް ކަމަކު އެއީ ނަބިއްޔާ صلى الله عليه وسلم އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފައިވާގޮތެވެ. 

އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله عنها ގެ އަރިހުގައި ރަސޫލުﷲ صلى الله عليه وسلم ގެކޮޅުގައި ކުރައްވަނީ ކޮންކަމެއްތޯ އެކަމަނާއަށް ސުވާލު ދެންނެވުމުންނެވެ. އެކަމަނާ ވިދާޅުވިއެވެ. “އެކަލޭގެފާނުގެ އަހުލުންނަށް ޚިދުމަތްކޮށްދެއްވައެވެ. އަދި ނަމާދު ވަޤުތު ޖެހުމުން ނަމާދަށް ވަޑައިގަންނަވައެވެ.”

އަޅުގަނޑުމެން ރަސޫލުﷲ صلى الله عليه وسلم ދަފައިން އަޅުގަނޑުމެންގެ ޢާއިލާއާއި އެކު މުޢާމަލާތް ކޮށްފިނަމަ: 

މާތްﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެ

އަޅުގަނޑުމެންގެ އަނބިންނާއި ދަރިންގެ ލޯބި ލިބޭނެ.

އަނބިންނާއި ދަރިންގެ ހިތްތަކުގައި އަޅުމެނަށްޓަކައި ރަޙްމާއި ކުލުނާއި ގާތްކަން އަށެގެންނުވެނޭއެވެ.

ތަވާޟުޢުވެރިކަމުގެ އިޙްސާސްކުރެވި، ކިބުރުވެރިކަމުން ދުރުވުން. 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް