އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަޟާ ޙާޖަތް ކުރާ ތަންތަނުގައި ޤުރްއާން ކިޔަވައި ޛިކުރު ކުރުން-

ޤަޟާ ޙާޖަތް ކުރާ ތަންތަނުގައި ޤުރްއާން ކިޔަވައި ޛިކުރު ކުރުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ޝައިޚް އާދަމް ނިޝާން ޢަލީ

 

ފާޚާނާކުރަން އިނދެގެން ޛިކުރުކުރެވޭނެތޯ ބައެއް މީހުން ސުވާލުކުރެއެވެ. 

عن ابن عمرَ رَضِيَ اللهُ عنهما: ((أنَّ رجلًا مرَّ، ورسولُ الله صلَّى اللهُ عليه وسلَّم يبولُ، فسلَّم، فلم يردَّ عليه  )) (رواه مسلم: 370) 

ابن عمر رَضِيَ اللهُ عنهماގެ އަރިހުން ރިވާވެފައިވެއެވެ. "ފަހެ ކީރިތި ނަބިއްޔާ ކުޑަކަމު ޤަޟާ ޙާޖަތަށް ވަޑައިގަންނަވަން އިންނަވަނިކޮށް ބޭކަލަކު އެކަލޭގެފާނުގެ އަރިހުން ވަޑައިގަންނަވަމުން ސަލާމް ގޮވައިލެއްވިއެވެ. އެހެން ނަމަވެސް ކީރިތި ނަބިއްޔާ އެބޭކަލެއްގެ ސަލާމަށް ޖަވާބު ނުދެއްވައެވެ." 

ޢިލްމުވެރިން މިޙަދީޘްއިން ދަލީލު ނަންގަވައި ވިދާޅުވެފައިވަނީ ޤަޟާ ޙާޖަތް ކުރާއިރު އަދި އެފަދަ ތަނެއްގައި އިނދެ ޛިކުރުކޮށް ހެދުން ހުއްދަވެގެން ނުވާ ކަމުގައެވެ. އެއީ ޝައިޠާނުންނާއި އަދި ނަޖިސް ޖަމާވާ ހަޑި ތަންތަނުގައި ﷲ ތަޢާލާގެ ޛިކުރު ކުރުމަކީ އެއިލާހަށް ކުޑައިމީސްކޮށް ހިތޭނޭ ކަމެއް ކަމުގައި އެކަން ވާތީއެވެ. 

قال ابن المنذر: "وقال عكرمة لا يذكر الله وهو على الخلاء بلسانه. (الأوسط: 1 / 341 ).

އިބްނުލް މުންޛިރް ވިދާޅުވެފައިވެއެވެ. "ޢިކްރިމާ ވިދާޅުވެފައިވެއެވެ. އެއްވެސް މީހަކު ޤަޟާ ޙާޖަތް ކުރުންމަތީ އިނދެ، އޭނާގެ ދުލުން ﷲ އަށް ޛިކުރުކޮށް ނުހަދާށެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް