އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ސިއްރުތައް ހިފެހެއްޓުން- ތިބާގާތު ބުނެވޭ ސިއްރަކީވެސް ޙަވާލުކުރެވޭ އަމާނާތެއް!

ޚުޠުބާ: ސިއްރުތައް ހިފެހެއްޓުން- ތިބާގާތު ބުނެވޭ ސިއްރަކީވެސް ޙަވާލުކުރެވޭ އަމާނާތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މުސްލިމް އަޚުންނޭވެ! ބަޔާންވެ ދިޔަ އާޔަތްތަކުގައި މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ. އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި  ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "މީހެއްގެ ގާތުގައި ސިއްރު ވާހަކައެއް ބުނެ އޭނާ އެމީހެއްގެ ގާތުން އެނބުރިލައިފިނަމަ، އެއީ އަމާނާތެކެވެ."[1] ފައުޅުކުރެވޭ ސިއްރެއްގެ ސަބަބުން ކިތައް ޢާއިލާ ރޫޅިފައިވޭ ހެއްޔެވެ؟ ކިތައް އެކުވެރިން ހަތުރުންނަށް ވެފައިވޭ ހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު