އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްށޫގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްށޫގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

އައްޑު ސިޓީ އަށް ދިމާވެފައިވާ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މިއަދު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާއެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މިމަޝްރޫއު ގައި ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ. ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.

މިކަމަށްޓަކައިފެނަކައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް ދާއިމީ ހައްލެއް ގެނެވިފައިނުވާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭ، މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވުމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން މިހާހިސާބަށް އައިރުވެސް ދިރިއުޅެމުންދިޔައީ ވަރަށް ދަތިކޮށް ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު