އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންޑިޑޭޓުން އިންތިޚާބުކޮށްފިއްޔާ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދޭނަން!: ރައީސް ޑރ. މުޢިއްޒު

ކެންޑިޑޭޓުން އިންތިޚާބުކޮށްފިއްޔާ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދޭނަން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ވަރަށް އުފާވޭ އަނެއްކާވެސް އައްޑޫސިޓީގެ ރައްޔިތުންނާ މިކަހަލަ ގޮތަކަށް ބައްދަލުވުމުގެ ފުރުޞަތު ލިބިގެން ދޔާމާ. މީގެ ދުވަސްކޮޅެއް ކުރިން އައްޑޫއަށް، އައްއޑޫސިޓީގެ ހިތަދޫއަށް ޖަލްސާއެއްގަ ބައިވެރިވާން ދެވުނު. މި ފުރުޞަތުގަ ހަމަ އެދުވަހު ވަރަށް ގިނަ ރައްޔިތުން ވަޑައިގެން އަޅުގަނޑަށާއި އަޅުގަނޑާއެކީގަ ވަޑައިގެންނެވި ބޭފުޅުންނަށް ކިޔުއްވި ވަރަށް ވަރަށް ހޫނު މަރުޙަބާއަށްޓަކައި އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. މި ހޯލްވެސް ފުރިފަ މިއޮތީ، އެދުވަހުވެސް ހޯލް ފުރިފަ އޮތީ. އެހެންވީމަ އައްއޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރަންޏާ މިޖެހެނީ އޯޕަން މައިދާނެއްގަ ޖަލްސާ ބާއްވަން. ދެން ތަންކޮޅެއް ގިނައިން ގޮނޑީވެސް ހޯދަން ޖެހޭނެ. 

އާދެ ސީރިއަސް ވާހަކައެއް އަޅުގަނޑު ވަރަށް އުފާކުރަން އަޅުގަނޑުމެންގެ ކެނޑިޑޭޓުން މިފަހަރު ޝިއާރެއް ގޮތުގައި، އަދި އައްޑޫގެ ރައްޔިތުން ޝިއާރެއްގޮތުގައި ބަދަލަކަށް ޚިޔާރު ކުރެއްވިކަމަށްޓަކާ. އަޅުގަނޑު ވިސްނާލިން އެކަމާ. އަޅުގަނޑަށް ވަރަށް ފުން މާނައެއް ދޭހަވީ އެކަމުން. އަޅުގަނޑަށް ދޭހަވީ މާނައަކީ ތިބޭފުޅުން އުއްމީދުތަކެއް ކުރަމުން ދާތާ ޒަމާންތަކެއް ވެއްޖެއޭ. ޑްރީމް، ވަރަށް ބޮޑަށް ހުވަފެނެއްގަ ތިބޭތާ ޒަމާންތަކެއް ވެއްޖެއޭ. އެ ހުވަފެން އެ ޑްރީމް ޙަޤީގަތަކަށް ހަދައިދޭނެކަމަށް ބަޔަކަށް ހަމަ ކޮންމެ ފަހަރަކު ވޯޓު އައީމަ އެވާ ވަޢުދުތައް ޤަބޫލުކުރެވިގެން ފުރުޞަތު ދެމުން ދާތާ ޒަމާންތަކެއް ވީއިރުގަވެސް އެ ބޭނުންވި ކަންކަމެއް ނުވިއެވެ. އެހެންވީމަ ދެން ބޭނުންވަނީ އެކަން ބަދަލުކުރަންށޭ. ނަތީޖާ ނެރެދޭނެ ބަޔަކަށް ފުރުޞަތު ދޭންށޭ. އަޅުގަނޑު ދޭ ޔަޤީންކަމަކީ އަރާދުކުރެއްވިއްޔާ އައްޑޫގެސިޓީގެ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ އަޅުގަނޑުމެންގެ 8 ކެނޑިޑޭޓުން ހޮއްވަވާ ދެއްވައިފިއްޔާ އެ ނަތީޖާ ނެރެދޭނަން. ބަދަލު ގެންނަންވީ ހެޔޮ ބަދަލެއްވީމަ. މީ ހެޔޮ ބަދަލެއް. އަޅގަނޑުމެންގެ 8 ދާއިރާއަށް ކުރިމަތި ލައްވާފައިވާ 8 ބޭފުޅުންނަކީ ތެދުވެރިކަމާއެކީގަ އަޅުގަނޑު މި ބޭނުންވާ އަމާނާތްތެރިކަމާ އެކީގަ އަޅުގަނޑު ދައްކަން ބޭނުންވާ ގޮތަށް ނަތީޖާ ނެރެދޭނެ އިޚްލާސްތެރި ބޭފުޅުން. އެހެންވީމަ އެބޭފުޅުން ހޮއްވަވާދެއްވަންވީ މިފަހަރު. 

ދެވަނަ ވިސްނުމަކަށް ދާންވެސް ހައްދަވާނެކަމެއް ނެތް. މީކީއެއް އެއްވެސް ޕާޓީއަކަށް ތިމަންނަ ނިސްބަތްވާތީ އެ ޕާޓީގެ ބޭފުޅުންގެ ވިސްނުމާ ތިމަންނަ ޚިޔާލު ތަފާތުވާންޖެހޭތީ ފިކުރު ބޮޑުވާންވީ ސަބަބެއް އޮތް ކަމެއް ނޫން. މިފަހަރު ހަމަ ޙަޤީގަތުގަވެސް އައްޑޫސިޓީގެ މަސްލަޙަތު އިސްކުރަންވީ. ކޮންމެ ޕާޓީއެއްގަ ހުއްޓަސް މިފަހަރު އަޅުގަނޑުމެންގެ 8 ކެނޑިޑޭޓުން ހޮއްވަވާދެއްވުން ވާނީ، ތިބޭފުޅުން މި ވޭތުވެދިޔަ ދިގު މާޒީގަ އުއްމީދު ކުރަމުން އައި ކަންކަން ނުވެ ދިޔަދިޔުން ނިމުމަކަށް ގެނެސްދޭނެ ނިމުމަށް. އެހެންމަ އެކަން އެންމެން އެކަތިގަނޑަކަށް ވެގެން އަޅުގަނޑުމެންގެ  8 ބޭފުޅުން ހޮއްވަވާ ދެއްވަންވީ. އެއީ ކުރައްވަންވީ ކަމަކީ.20 އަހަރު، 15 އަހަރު، 10 އަހަރު އެކި ބޭފުޅުންނަށް ފުރުޞަތު ދެއްވައިފި. އެކަމަކު ކަންކަން ނުވެ ދިޔައީމަ ތާއޭ ތިބޭފުޅުން މާޔޫސްވެ ވަޑައިގެންފަ ތި ތިއްބެވީ. 

އަޅުގަނޑު ކެންޕެއިންގަ ވަރަށްގިނަ ވަޢުދުވީން އައްޑޫސިޓީގެ ރައްޔިތުންނަށްވެސް. އަޅުގަނޑު އިޚްލާސްތރިކަމާ އެކީގަ ނޫންގޮތަކަށް އެއްވެސް ވާހަކައެއް ނުދައްކަން، ވަޢުދެއް ނުވަން. އަޅުގަނޑު ބޭނުންވީ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައިފިއްޔާ ޙަޤީގަތުގަވެސް ނަތީޖާ ނެރެދެން. އެހެންވީމަ ވަޢުދުވީ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު / މާލެ ސިޓީގަ ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައޮި ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު