އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔތުންނަށް ދައްކާނީ ހުވަފެނެއް ނޫން! އަޅުގަނޑުގެ ވަޢުދަކީ ނަތީޖާ ނެރެދިނުން! އެކަން ކުރާނަން! އިން ޝާ ﷲ: ރައީސް ޑރ. މުޢިއްޒު

ރައްޔތުންނަށް ދައްކާނީ ހުވަފެނެއް ނޫން! އަޅުގަނޑުގެ ވަޢުދަކީ ނަތީޖާ ނެރެދިނުން! އެކަން ކުރާނަން! އިން ޝާ ﷲ: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

އަޅުގަނޑަށް ކަމަކަށްވަނީ ހަމައެކަނި ރިޒަލްޓް. ރިޒަލްޓް އޮރިއެންޓެޑް ގަވަމަންޓެއް ޤާއިމް ކޮށްދޭނަމޭ އަޅުގަނޑު ދެންނެވީ. ނަތީޖާ އަށް ފޯކަސްކޮށް ނަތީޖާ އެކަނި ނެރުމުގެ ވިސްނުމުގަ މަސައްކަތް ކުރާ ސަރުކާރެކޭ އަޅުގަނޑު ބޭނުންވާނި ހިންގަން. އެންމެ ދުވަހެއްވެސް، އެންމެ ގަޑިއިރެއްވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން. ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގަ ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ. އެހެންވީމަ އައްޑޫސިޓީގެ ރައްޔިތުން މިކަމާ ވިސްނާ ވަޑައިގަންނަވަންވީ. 

އެހެންވީމަ މުޅި ރާއްޖޭގެ ރައްޔިތުންވެސް މިކަމާ ވިސްނަންވީ. ސީރިއަސްކޮށް، މާދަން ނޫން އަނެއް ދުވަސް މި އަންނަނީ. މާގިނަ ދުވަހެއް ގިނަ ވަގުތެއް ގިނަ ގަޑިތަކެއް ނެތް. ވިސްނާ ވަޑައިގަންނަވަންވީ ސީރިއަސްކޮށް. އެއްގޮތަކަށްވެސް މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކަށް ފުރުޞަތު ދޭންވީ، ވިސްނުން އަޅުގަޑުމެންނަށް އަންނަންވީ ސަބަބެއްވެސް، މިގޮތަށް ނަތީޖާ ނެރެދިނުން އެކަނި އަޅުގަނޑުގެ ފޯކަސްގަ އޮތީމަ 

އަޅުގަނޑުގެ ފޯކަސްގަ އޮތީ ނަތީޖާ އެކަނި. އެނޫން އެހެން އެއްވެސް ކަމެއްއް ނެތް އެހެންވީމަ ނަތީޖާ ނޫންތޯ  ރައްޔިތުން ބޭނުންވަނީ. ތަރައްޤީގެ ނަތީޖާ، ޤައުމަށް ހަމަޖެހުން އައުމުގެ ނަތީޖާ، މި ޤައުމުގެ މިނިވަންކަން ޔަޤީންވުމުގެ ނަތީޖާ. މީ ނޫންތޯ ރައްޔިތުން ބޭނުންވެގެނ މިއުޅޭ އެއްޗަކީ. ރައްޔިތުން ބޭނުންވެގެން ،މިއުޅޭ ކަންކަމަކީ. 

އަޅުގަނޑުމެން ޒަމާންތަކެއް ވެގެން މި ދިޔައީ، އަޅުގަނޑުމެންގެ ދަރިން ބޮޑުވެ، އެ ދަރިންނަށް ދަރިން ލިބި، އެ ދަރންގެ ދަރިންލިބި، ޖެނެރޭޝަންސް އާފްޓަރ ޖެނެރޭޝަންސް ޤައުމަށް އައި މި އުއްމީދުކުރަމުން އައިވަރުގެ ހެޔޮ ބަދަލުތަކެއް ނައި. ޚާއްސަކޮށް އައްޑޫސިޓީއަށް. އެހެންވީމަ މި ލިބެނީ ހަޤީގަތުގަވެސް ރަނުގެ ފުރުސަތެއް. މަޖްލީހުގެ ތެރެއިން އެ ފުރިހަމަ އެއްބާރުލުން ސަރުކާރުން، ނަތީޖާ ނެރެދިނުމަށް އެކަނި ފޯކަސްކޮށްގެން އޮތް ސަރުކާރަކަށް އެ ބޭނުންވާ ނަތީޖާ ނެރުމަށްޓަކާ ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަސް މަގުފަހި ކޮށްދިނުމުގެ ރަނުގެ ފުރުޞަތު ތިބޭފުޅުންނަށް ތިޔަ ލިބިގެން އަންނަނީ. 

އެހެންވީމަ އެންމެން އެކަތިގަނޑަކަށް ވެ ވަޑައިގެން އަޅުގަނޑުމެންގެ 8 ކެނޑިޑޭޓުން ހޮއްވަވާ ދެއްވާ. އެބޭފުޅުން އަޅުގނޑު ތިބޭފުޅުންނަށް އެބޭފުޅުންގެ ފަރާތްޕުޅުން އަރުވާ ޔަޤީންކަން ހަމަ ތަކުރާރު މި ކޮށްލަނީ. އަޅުގަނޑުގެ ހިތުގަ ފުރިހަމަ ޔަޤީންކަމެއް އޮތް ކަމެއް މީ. އެބޭފުޅުން ކުރައްވަވާނީ ތި ބޭފުޅުންނަށްޓަކައި އަޅުގަނޑު ތިބޭފުޅުންނަށް ވީ ވަޢުދުތައް ފުށްދުމަށްޓަކާ، އެކަމަށްޓަކާ ދެއްވަންޖެހޭ އެއްބާރުލުން ދެއްވުން. އޭގެ ނަތީޖާ ފޮނިވެގެން ދާނެ އިރާދުކުރެއްވިއްޔާ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު / މާލެ ސިޓީގަ ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައޮި ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު