އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިދިކޮޅުން ނެރޭ ވިޕްލައިންތަކާހުރެ ރައްޔިތުންނަށް ޚިދުމަތްކުރަން މިހާރުވެސް ދަނީ ހުރަސްއެޅެމުން!: ރައީސް ޑރ. މުޢިއްޒު

އިދިކޮޅުން ނެރޭ ވިޕްލައިންތަކާހުރެ ރައްޔިތުންނަށް ޚިދުމަތްކުރަން މިހާރުވެސް ދަނީ ހުރަސްއެޅެމުން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު

ވަރަށް ސީރިއަށް ވާހަކައެއް މީ. އެ ވިޕް ލައިނަކާ ހެދި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލާނެ ބަޔަކު ހޮވައިގެން ނުވާނެ. ވިޕް ލައިނެއް ނޫން. އެ ޕާޓީގެ ވިޕް ލައިނަކަށް ވެދާނެ މިސާލަކަށް އަޅުގަނޑުމެން ހުށައަޅަނީ، ހުށައަޅާފަ މިހާރުވެސް ހުންނާނެ ބައެއް ބިލްތައް. ގެދޮރިވެރިކަމަށް ވަރަށް މުހިއމް ބިލކްތައް. ވޯޓަށް އަހާ ދުހު ސަރުކާރަށް ހުރަސް އަޅަންވެގެން އެކަން ކޮށްފިއްޔާ އެ މައްސަލަ ދާއިމީކޮށް މި ރާއްޖޭގެ ހައްލުވާނެތީމި ސަރުކާރަށް އިތުރަށް ތާއީދު ބޮޑުވެދާނެތީ އެ ނިންމަނީ  ވޯޓު ނުދޭށޭ. މިހާރުވެސް ކަންކުރާ ގޮތެއް ނޫންތޯ މީ. އެ ފުރުޞަތު ދެއްވާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލަންވީ އަޅުގަނޑުމެންގެ މަސްލަޙަތު، އަޅުގަނޑުމެންގެ މިއަދުގެ މަސްލަޙަތު، ދަރިންގެ މުސްތަޤްބަލްގެ މަސްލަޙަތު، އަޅުގަނޑުމެންގެ ޤައުމު ކުރިއެރުވުމުގެ މަސްލަޙަތު. އަމިއްލަ މަސްލަޙަތެއް ނޫން. އަމިއްލަ ޕާޓީގެ މަސްލަޙަތެއް ނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަމާއިގެން އަޅުގަނޑުމެން ކުރިއަށް ދާންޖެހޭ. އެންމެ ފުރަތަމަ ޤައުމު އެއީ ހިތުގެ އެންމެ ފުން މިނުން އަޅުގަނޑުމެން ޤަބޫލުކުރާ ކަމަކަށް ހަދަން އެބަޖެހޭ

އެންމެ ފުރަތަމަ ޤައުމި އެއީ ވަރަށް ފުން ވާހަކައެއް. އެންމެ ފުރަތަމަ ތިމަންނަ ހިތްހަމަޖެހޭ މީހާތޯ، ތިމަންނަގެ އާއިލާ މީހާއެއްނޫނެއްނޫންތޯ މި ދަންނަވަނި. އެންމެ ފުރަތަމަ ޤައުމޭ. ޤައުމު ކުރިއަށް ގެންދަން މި އުޅެނީ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ނަތީޖާ ނެރެން އަޅުގަނޑުމެން އައިސް ތިބި އިރުގަ، މިކަންކަން ކުރުމުގެ ހެޔޮ ވިސްނުމާ އެކީގަ ޢިޚްލާސްތެރިކަމާ އެކީގަ މަސެއްކަތް ކުރަން އަޅުގަނޑުމެން ތެދުވެ ތިބި އިރުގަ އެކަމަށް ދެއްވާ އެއްބާރުލުމަކަށް މާދަން ނޫން އަނެއް ދުވަހުގެ ވޯޓު ހައްދަވާ ދެއްވާށޭ. 

އަޅުގަނޑަށް ޔަޤީން ރާއްޖޭގެ ރައްޔިތުން އިރާދުކުރެއްވީތީ އެދުވަހު ނިންމަވާނީ މިގޮތަށް. އަޅުގަނޑަށް ޔަޤީންކަން އެބައޮތް ދިވެހިލޮބުވެތި ރައްޔިތުންނާމެދުގަ. އައްޑޫސިޓީ ބަދަލުކުރަން ތިބޭފުޅުން ތި ނިންމެވި ނިންމެވުމަށް އަޅުގަނޑު ފަޚުރުވެރިވަން. އިރާދުކުރެއްވިއްޔާ ތިބޭފުޅުން ނިންމަވާނީ އެދުވަހު  8 ކެނޑިޑޭޓުން ހޮއްވަވާފަ. އަޅުގަނޑަށް ޔަޤީންކަން އެބައޮތް. އަޅުގަނޑު އެދެން އައްޑޫސޓީގެ މާލޭގަ ތިބި ބޭފުޅުންވެސް ސިޓީގަ ތިބި ބޭފުޅުންވެސް ހެނދުނު ހެނދުނާ ނުކުމެ ވަޑައިގެން ވަރަށް ވަރުގަދަ އަތޮޅު ރޫޙެއްގަ ނުކުމެ ވަޑައިގެން އަޅުގަނޑުމެން 8 ކެނޑިޑޭޓުންނަށް ވޯޓު ލައްވާ ، ވޯޓު ލުމުގަ ޚިޔާލު ތަފާތު ބޭފުޅުންވެސް މިއަދާ މާދަމަޔާ ޚިޔާލު އެއްގޮތް ކުރައްވައިގެން ނުކުމެ މި8  ބޭފުޅުން ހޮއްވަވާ ދެއްވާ. ތިބޭފުޅުންގެ ޑްރީމް ޙަޤީގަތަކަށް ހަދައިދޭނަން އަޅުގަނޑު އިރާދުކުރެއްވިއްޔާ. 

އާދެ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ވަރަށް މުހިއްމު. މި 5 މަހު ފެނިފަވާނީ އެކަމުގަވެސް އިރާދުކުރެއްވީތީ އަޅުގަނޑުމެން ނަތީޖާ ނެރެދެވިފަވާތަން. މި ޤައުމުގަ ތިބި ބޭރުގެ ސިފައިން ދެޤައުމު ދޭތެރޭގަ، އިންޑީއާއާޢި ދިވެހި ރާޢްޖެއާ ދޭތެރޭގަ ޑިޕްލޮމަސީގެ ރިވެތި އުސޫލުން މަޝްވަރާކޮށްގެން އެއްބަސް ކުރެވި ސޮއެ ކުރެވިގެން އެދަނީ ގެންދަމުން، 

ގެންގޮސް ނިންމަމުމް. މިއަންނަ މަހު 10 ވަނަ ދުވަސް އަންނާނީ މި ޤައުމުގަ ތިބި ހުރިހާ އިންޑިއާ ސިފައިން މި ޤައުމުން ގެންގޮސް ނިމިގެން. ނަތީޖާ މި ނެރެދެނީ. ނަތީޖާ ނޫން އެއްޗެއް އަޅުގަނޑަކަށް މުހިއްމެއް ނޫން. އެހެންވީމަ ރައްޔިތުން ކިބައިން މި އެދެނީ މި ޤައުމުގެ ކޮންމެ ކަމެއްގަވެސް ނަތީޖާ ނެރުމަށް ދެއްވާ އެއަބާރުލުމަކަށް އަޅުގަނޑުމެންގެ 93 ކެނޑިޑޭޓުން ހޮއްވަވާ ދެއްވާށޭ. 

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ކުރާ މަސައްކަތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބސް ޤަބޫކުރާ ބައެއް ކަމުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާށި. އަޅުގަނޑުމެންގެ ކަންކަން ނިންމުމުގަ އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތަށްވުރެ އަޅުގަނޑުމެންގެ ޤައުމުގެ މަސްލަޙަތު އިސްކުރާ ބައެއް ކަމުގަ އަޅުގަނޑުމެން ލައްވަވާށި. އާމީން،

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު / މާލެ ސިޓީގަ ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައޮި ދެއްކެވި ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު