އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑްރޯން ބޭނުންކޮށްގެން ގެއްލުނު ދޯނި ހޯދަނީ!

ޑްރޯން ބޭނުންކޮށްގެން ގެއްލުނު ދޯނި ހޯދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯނީގެ ޚަބަރެއް ނުވެގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިދޯނި ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ފަށާފައިވާއިރު، ކަނޑުމަގުން ދޯނި ހޯދުމުންދަނީ ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއް ބޭނުންކޮށްގެނެވެ. އަދި ވައިގެ މަގުން ދޯނި ހޯދަން ފަށާފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް ޔޫއޭވީ ބޭނުންކޮށްގެންނެވެ. މިއީ މިފަދަ ހާދިސާއެއްގައި ޔޫއޭވީ ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:06 ހާއިރު އެވެ. އެ މައުލޫމާތު ފުލުހުން އެމްއެންޑީއެފްއާ ހިއްސާކުރީ ރޭ 10:45 ހާއިރު އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު