އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ހައްޤު ވިހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިންތިޚާބީ ހައްޤު ވިހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް ރައީސް އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ، ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު 5- (T12.1.5) ނަންބަރު ވޯޓު ފޮށްޓަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓުލެއްވީ އަމީނިއްޔާ ސްކޫލު ހޯލުގައި ބަހައްޓާފައިހުރި މައްޗަންގޮޅި އުތުރު-2 (T07.1.2) ނަންބަރު ވޯޓު ފޮށްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ރައީސް ވަނީ ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ހައްޤު ވިހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް އިލްތިމާސްކުރައްވާފައެވެ.

"ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤެއް އަދި ޒިންމާއެއް. އެހެންވީމަ ހުރިހާ ރައްޔިތުންވެސް ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކޮށްދެއްވާ. ކޮންމެހެން ހަވީރު ވަންދެން މަޑު ނުކުރައްވާ، އެބޭފުޅަކު ވޯޓުލައްވަން ޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓުލެއްވުމަކީ އެ ބޭފުޅެއްގެ ހައްޤެއް އަދި ޒިންމާއެއްވީމަ، އަޅުގަނޑު އެކަމަށް އިލްތިމާސްކުރަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރާއްޖޭގައި ވޯޓުލުން ކުރިޔަށްދަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30ގެ ނިޔަލަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު