އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ކުރިއެރުން ހޯދުމުގަ މުޅި ސަރުކާރު ހުއްޓުމެއް ނެތި މަސައްކަތްކުރާނެ! ވަޒީރުންނަށް ނިދާނެ ވަޤުތެއް ނުލިބޭނެ!: ރައީސް ޑރ. މުޢިއްޒު

ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ކުރިއެރުން ހޯދުމުގަ މުޅި ސަރުކާރު ހުއްޓުމެއް ނެތި މަސައްކަތްކުރާނެ! ވަޒީރުންނަށް ނިދާނެ ވަޤުތެއް ނުލިބޭނެ!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން. އަޅުގަނޑުމެންގެ މި އިންތިޚާބު ކާމިޔާބު ކުރި އެންމެހާ އިންތިޚާބީ ރައްޔިތުން މަޖްލިސްގެ މެންބަރުން. ދައުލަތުގެ ވަޒީރުން. ޕާޓީގެ ލީޑަރޝިޕް. ކުންފުނިތަކުގެ ވެރިން. މުއައްސަސާ ތަކުގެ ވެރިން. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. މި ޖަލްސާ، މި އެއްވުން، މި ހަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން. އައްސަލާމްޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

ﷲ އަށް ޙަމްދު ކުރަން . އެކަލާންގެ އެއީ ނިޢުމަތްތަކުގެ ވެރި ރަސްކަލާންގެ. 

އަޅުގަނޑުމެން މިއަދު ޢަޒުމް އާކުރަންވީ އަޅުގަނޑުމެންނަށް މި  މެދުވެރި ކުރެއްވި، މި ދެއްވި ނިޢުމަތުގެ މަތީގަ އަޅުގަނޑުމެން ކުރިއަށް ދިއުމުގެ، އިޚްލާސްތެރިކަމާއެކީގަ ކުރިއަށް ދިއުމުގެ ޢަޒުމް. މިއަދު އަޅުގަނޑުމެންނަށް މި ޔަޤީންވެގެން މި ދިޔައީ މި ޤައުމުގެ ކުރިމަގު އިރާދުކުރެއްވީތީ ވަރަށް އުޖާލާކަން. ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިޚާބުގަ ގެނެސްފަ، އެ މަސައްކަތް ބޭކާރު ވިޔަ ނުދިނުމަށްޓަކާ އަނެއްކާވެސް އެހާމެބުރަ މަސައްކަތެއް ދިވެހި ލޮބުވެތި ރައްޔިތުން ކުރައްވަވާ، ސާބިތު މި ކޮށްދެއްވީ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ މި ޤައުމު މާތް ވެގެންވާ އިސްލާމް ދީނުގެ މަތީގަ ކުރިއަށްދާ އިސްލާމީ ޝިއާރު މަތިވެރި ކުރާ ޤައުމެއް ގޮތުގަ އޮތުމަށާ، އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންވެފަ އޮތުމަށާ، އަޅުގަނޑުމެން އެދޭ ތަރައްޤީ ބާރު ދުވެލީގަ ހޯދުމަށާ، އަޅުގަނޑުމެންގެ ޤައުމުގަ ދެން އޮންނަނަވާނީ ހަމަޖެހުމަ ހިތްހަމަޖެހުން ކަން. އެއީ ދިވެހި ލޮބުވެތި ރައްޔިތުން މި ސާބިތު ކޮށްދިން ކަމަކީ. އެކަމަށްޓަކާ ﷲ އަށް ޙަމްދު ކުރާ ހާލު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރިއްޔާ. 

ދެން އޮތީ މަސައްކަތް ކުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. މި ވޭތުވެގެން މި ދިޔަ 5 މަސްދުހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގައިނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ކަންކަމުގެ ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތިން ތިޔަ ދެއްވި އިތުބާރާ ތިޔަ ކުރެއްވި އިތުބާރާ ދެއްވި ތާއީދުގެ މައްޗަށް މި 5 މަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން، އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސް ކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްޤީ މި ޤައުމަށް ގެނެސްދިނުމުގެ މަސެއްކަތް ފެށުން. 

އިރާދުކުރެއްވިއަޔާ ދެން ފެށޭނީ މި ޤައުމު ތަރައްޤީވާ ދުވަސްތައް. އަޅުގަނޑު އަޅުގަނޑުގެ ކެބިނެޓްގެ މެންބަރުންނަށާ ކުންފުނިތަޖުގެ މެނަބަރުންނަށާ ކުންފުނިތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖްލިސް މެންބަރުންނަށް އެޅުގަނޑު ދަންނަވާލަން ބޭނުންވނީ ވޭތުވެދިޔަ 5 މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ، ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ ނުނިދަ ހޭލައޭ. ހަމަ ސީރިއަސް ކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް  ތަރައްޤީ އަޅުގަނޑު ވަޢުދުވީ ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން. 

- މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު