އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމު ތަރައްޤީކޮށް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުގަ ބައިވެރިވުމަށް ސިޔާސީ ހުރިހާ ފަރާތްތަކަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު ދެއްވައިފި!

ޤައުމު ތަރައްޤީކޮށް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުގަ ބައިވެރިވުމަށް ސިޔާސީ ހުރިހާ ފަރާތްތަކަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު ދެއްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހި ޤައުމެއް. ދިވެހި ޤައުމް މީ ފަޚުރުވެރި ޤައުމެއް. އަޅުގަނޑުމެންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފާރާތްތަކަށްވެސް މޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށްވެސް މިހާރު ސާފުވާން ވާނެ.

އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލަޔަށް ނިންމަންކަން. އަޅުގަނޑުމެންނަށް މުހިއްމީ ދިވެހީންގެ ކަންކަން، ދިވެހީން، ދިވެހީން ބަސްބުނެ، ދިވެހީން ބޭނުންވާގޮތަށް ކުރަންކަން މިހާރު ވަރަށް ސާފު ވާނެ. އަދި އަޅުގަނޑުމެންގެ އެތެރޭގަ ތިބި، އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުނު ބޭފުޅުންނަށް ވެސް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާނެ. 

އެހެންވީމަ އަޅުގަނޑު އެދެނީ ޚީޔާލު ތަފާތުވުން ދޫކޮށްލަން. އިންތިޚާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކީގަ، އުފަލާ އެކީގަ ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށް ދާން. މި ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ވެސް ޤައުމު. 

އެހެންވީމަ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގަ އަތުކުރި އޮޅާލައިގެން އެންމެން އެކީގަ ހިނގާށޭ ކުރިއަށް ދާން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންނަށް ލިބޭނީ އޭގެން އުފާވެރިކަން. އަޅުގަނޑުގެ ކުރިމަތީގައި، ކުރިން ދުވަހުވެސް ދެންނެވިފަދައިން ކޮންމެ ރައްޔިތަކު ހަމަހަމަ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އަޅުގަނޑަށް ހަމަ އެ ރައްޔިތަކީ މުހިއްމު ބޭފުޅެއް.  އެއިން ކޮންމެ ބޭފުޅަކު ދެކެ އަޅުގަނޑު ހިތުގަ އޮތީ ލޯތްބާއި ޤަދަރު. އެހެންވީމަ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯއްނާނެ ސިޔާސީ ވިސްނުން ހުރިގޮތަކުންނެއް. 

އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތަކަށާ، އެ ޕާޓީތަކުގެ ލީޑަރުންނަށާ، މެންބަރުންނަށާ އަޅުގަނޑު މި ދަންނަވަނީ ހިންގަވާށޭ ކުރިއަށް ދާން. މި ޤައުމު ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން އެންމެންގެވެސް ފަޚުރަކަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެން އެކުވެރިކަމާ އެކީގަ ކުރިއަށް ދިޔައީމަ، އަޅުގަނޑުމެން އެންމެން ތިބޭނީ އުފަލުގަ. އަޅުގަނޑު ތިބޭފުޅުން އަރިހުން ގޮވާލަނީ  އެންމެން އެކީގަ ކުރިއަށް ދާން ހިނގާށޭ. 

- މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު