އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން! ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ މާނައިގައި އިޙްސާސްކޮށްދޭނަން!: ރައީސް ޑރ. މުޢިއްޒު

އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން! ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ މާނައިގައި އިޙްސާސްކޮށްދޭނަން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް މާޒީއަށް ދޫކޮށްލާ ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިއްމު އެއް މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމުގެ ވަޢުދު ދެން އިރާދުކުރެއްވިއްޔާ މި ޤައުމުގަ ފުއްދާނަން. ފުދިގެން ދާނެ. އަޅުގަނޑޫމެންގެ ހަލާކުވަމުން ނެތިވަމުން ދިޔަ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް މި 5 މަހުގަ ކުރެވުނު މަސެއްކަތް ޙަޤީގަތުގަ ވަރަށް ގިނަ. ވަރަށް ގިނަ، އެހެން ނަމަވެސް ދެން އޮތީ ރައްޔިތުންގެ މަޖްލިސްތެރެއިން އަޅުގަނޑުމެންނަށް  އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ ފުރިހަމަ ކުރުމާ އެކީގަ އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ މާނައިގައި އިޙްސާސް ކުރުމަށްޓަކާ ކުރާ ބުރަ މަސައްކަތް ކުރުން. އެކަން އިރާދުކުރެއްވިއަޔާ ކުރާނަން.

އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން. އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ އަޅުގަނޑުމެން އެންމެންނަކީ  އިޚްލާސްތެރިކަމާ އެކީގަ ސިރިއަށްމަސެއްކަތްކެއް ކުރަން ތިބި ބައެއް. އަޅުގަނޑު މިރޭ ޙަޤީގަތުގަ ބޭނުމެއް ނޫން އެހާ ގިނަ ވާހަކަތަކެއް ދައްކާކަށް. އެއީ ރައްޔިތުން މުޅި ޤައުމު އެކައްޗެއް ކިޔާ މި ދިން މެސެޖަކީ ތިމަންނަމެއް ދެން ބޭނުންވަނި ވާހަކަ ދެއްކުމެއް ނޫނޭ، ޢަމަލުން ކަންކުރާށޭ. ދެން ފެންނާނީ ޢަމަލުން  ކަން ކުރާތަން އިރާދުކުރެއްވިއްޔާ. 

މި ޤައުމަކީ އަޅުގަނޑުމެން ފަޚްރުވެފައިވާފަދަ، އަޅުގަނޑުމެންނަށްވެސް ހެޔޮގޮތްވެ، އަޅުގަނޑުމެންގެ ދަރިންނަށާއި، އަދި އެ ދަރިންގެ ދަރިންނަށާ، އަދި އެ ދަރިންގެ ދެން އަންނާނެ ދަރިންނަށްވެސް އުފާ ފާގަތި ޤައުމަށް ހެދުމުގެ ޢަމަލީ މަސައްކަތް ދެން ފެންނާނެ އިރާދުކުރެއްވިއްޔާ. 

މި ޓީމް ދެން ނުނިދާނެ. މި ދަންނަވަނީ ޢަމަލީ ގޮތުން ނުނިދާ ވާހަކައެއް ނޫން. މަސައްކަތުގަ ދެން ތިބޭނީ. މަސައްކަތުގަ ދެން ތިބޭނީ ހަމަ ރައްޔިތުން އެދޭ މިންވަރުގަ އެ ގިޔަރުގަ މަސައްކަތް ކުރުމުގަ. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މި ޤައުމުގަ ހަމަޖެހުން ހުރިހާ މާނައެއްގައި ޤާއިމް ކޮށް ރައްޔިތުން އެދޭ ތަރައްޤީ ހުރިހާ މާނައެއްގައި ގެނެސްދިނުމުގަ ދެން ދާނީ ބާރު ސްޕީޑުގަ. އިރާދުކުރެއްވިއްޔާ، ރާއްޖޭގެ މި ކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށްވެސް މިހާރު ސާފުވެވަޑައިގަންނަވާނެ ކަން އަޅުގަނޑަށް ޔަޤީނަވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން. 

- މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު