އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނަށް ނަޞްރުދީ ހެޔޮގޮތުގަ ދަރިން ތަރުބިއްޔަތުކޮށް ޤައުމީ ރޫޙުގަ މަސައްކަތްކުރީމާ މާޒީގަ ޙާޞިލު ނުކުރެވުނު ހުރިހާ ކަންކަން ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ. ރައީސް ޑރ. މުޢިއްޒު

ދީނަށް ނަޞްރުދީ ހެޔޮގޮތުގަ ދަރިން ތަރުބިއްޔަތުކޮށް ޤައުމީ ރޫޙުގަ މަސައްކަތްކުރީމާ މާޒީގަ ޙާޞިލު ނުކުރެވުނު ހުރިހާ ކަންކަން ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ. ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 35 ސިކުންތު

އާދެ! އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެން ދާނީ އަޅުގަނޑުމެން އެންމެން މި އެދޭ ތަން. އަޅުގަނޑުމެން އެންމެން މި އެދޭ ދުވަސް. އަޅުގަނޑުމެންގެ މާތް ވެގެންވާ ދީން އިސްލާމްދީނަށް ނަސްރު ދިނުމުގަ އަޅުގަނޑުމެންގެ ހިތްވަރު އާކުރަންވީ. އަޅުގަނޑުމެން ކޮންމެ މީހަކު ފަޚުރުވެރި ވާންވީ، އަޅުގަނޑުމެން މި މަތިވެރި ދީނުގަ އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކޮށް، އަޅުގަނޑުމެންގެ ޤައުމުގަ އިސްލާމީ ނޫރު އިތުރަށް ގުގުމާ، ވިދާނެގޮތަށް އަޅުގަނޑު މެންގެ ކަންކަން ކުރިއަށް ގެންދިޔުމަށް. އަޅުގަނޑުމެންގެ ދަރިންނަކީ މި މާތް ދީނުގަ ފައިތިލަ ސާބިތުކޮށްގެން ބޮޑުވާ ކުދިންނަށް ހެދުމަށް. އަޅުގަނޑުމެންނަކީ މާތްވެގެންވާ އަޚްލާޤެއް ލިބިގެންވާ ބައެއް ކަމުގައިވެ، އަޅުގަނޑުމެން އެކަކު އަނެކަކަށް އަޅާލާ، އޯގާތެރިވެ، އެކުވެރިކަން އާލާކޮށް، އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ ތަންކޮޅެއް ކުރީ ޒަމާނެއްގައި މި ދިވެހި މުޖުތަމަޢުގަ އޮތް އަވަށްޓެރިކަމާއި އެ އެކުވެރިކަން އަލުން އިޔާދަކޮށް އަޅުގަނޑުމެންގެ ތެރޭގަ ޙަޤީޤީ މާނައިގައި ހަމަޖެހުން ގެނައުމުގެ ޢަޒުމް އާކުރަންވީ. މާޒީއަށް މާޒީ ދޫކޮށްލައްވާ. އަޅުގަނޑުމެންގެ ތެރޭގަ އެކުވެރިކަން އާލާ ކުރަން ޢަޒުމް ކަނޑައަޅަންވީ މިއަދު. 

މިއޮތީ އަޅުގަނޑުމެން އެންމެން ބުރަ މަސައްކަތުން މުހިއްމު ކަމެއް މުހިއްމު ނިމުމެއް ނިންމާ، ފެށުމަކުން މިއަދު މި ފަށަނީ، ބިސްމިނުގެ ބަރަކާތުން ފަށަންވީ މި ޤައުމު އާރާސްތުކުތުމުގެ ޢަޒުމް. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް އުޖާލާ ކުރުމުގެ ޢަޒުމް. އަޅުގަނޑުމެންގެ އާއިލާތައް ބަދަހިކޮށް އަޅުގަނޑުމެންގެ އެކުވެރިކަން އާލާކޮށް، އަވަށްޓެރި ގުޅުން އާލާކޮށް، އިސްލާމްދީނަށް ނަޞްރު ދިނުމުގެ ޢަޒުމް. އަޅުގަނޑުގެ މިނިވަންކަން ޔަޤީން ކުރުމުގެ ޢަޒުމް. އަޅުގަނޑުމެން ކޮންމެ މީހަކު އަޅުގަނޑުމެންގެ ޤައުމް ދެކެ ފަޚުރުވެރިވުމުގެ ޢަޒުމް މިއަދު އާކުރަންވީ. 

އިރާދުކުރެއްވިއްޔާ މުސްތަޤްބަލް އަލި އުޖާލާޖިށް އޮތީ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިގޮތުގަ ކުރިއަށްދާން ޢަޒުމް ކަނޑައަޅައިފިއްޔާ އަޅުގަނޑުމެންނަށް ފެނިގެން ދާނީ އަޅުގަނޑުމެން އުއްމީދުކުރަމުން އައި ދުވަސް، ރާއްޖޭގެ އެންމެ އުތުރުން އެނެންމެ ދެކުނަށް، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތަކު އެދެމުން އައިގޮތް އަޅުގަނޑުމެންނަށް ފަހި ކޮށްދެވޭނީ އޭރުން. އަޅުގަނޑުމެން މި ކެމްޕެއިން ތެރޭގަވެސް އަދި ކުރިންވެސް ރިޔާސީ އިންތިޚާބުގަވެސް ވީ ވަޢުދުތައް ފުށްދުމުގެ މަސެއްކަތް ކުރުމަޓްކާ މި އެކުވެރިކަން މުހިއްމު ވާނެ. ވަރަށް މުހިއްމުވާނެ. 

އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން އިސްކުރާނީ އަޅުގަނޑުމެން އަމިއްލަ މަސްލަޙަތަށް ވުރެ މި ޢަޒުމް އާކުރުމުގެ މަސްލަޙަތު. މި ޢަޒުމް މި ވަޠަނީ ޢަޒުމް އާކުރީމަ އަޅުގަނޑުމެންނަށް މިއޮއް ހުރިހާ ދުވަހު ނުވެގެން އުޅުނު ކަންކަން ހުންނާނެ. މިއޮއްހާ ދުވަހު އަޅުގަޑުމެން އެންމެން ބޭނުންވީ، ބޭނުންވެ އާދޭސް ކުރަމުން އައި ނުވި ކަންކަން އިރާދުކުރެއްވިއްޔާ ވާތަން ފެންނާނެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެ ނިންމުން ފުރަތަމަ ހިތުގެ އަޑިން ނިންމައިގެން. ނިންމަވާ މިއަދު. 

ކޮންމެ ބޭފުޅަކު އެއީ ކޮންމެ ސިޔާސީ ޚިޔާލެއްގަ ހުންނެވި ބޭފުޅެއްވެސް އެ ނިންމުން ހިތުގެ އަޑިން ނިންމަވާ. އޭރުން އިރާދުކުރެއްވިއްޔާ އެ ފެށެނީވަރުގަދަ ފެށުމެއް. އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންގެ އަތުން އާރާސްތު ކުރުމުގެ ފެށުން. އޭރުން އަޅުގަނޑުމެން ދެން އަންނާން އޮތް ޖީލުތަކުން ފަހުން އެނބުރި ބަލާލާއިރިގަ އެކުދިން، އަޅުގަނޑުމެންގެ ދަރިންގެ ދަރިން އުފާވާނެ ތިމަންނަމެންގެ ކުރިން ދިޔަ ތިމަންނަމެންގެ މާމަމެންނާ، ކާފަ މެންނަށ، މި ޤައުމަށް، ތިމަންނަމެންނަށް ހާދަ ރަނގަޅު ނިންމުމެކޭ މި ނިންމީ. އެ ޢަޒުމް އާކޮށްގެން މިއަދު ފަށަންވީ. އަޅުގަނޑުދޭ ޔަޤީންކަމަކީ މިއަދު މި ފެށޭ މަސެއްކަތް އިރާދުކުރެއްވިއްޔާ ކާމިޔާބު ކޮށްފަ އަޅުގަނޑުމެން ނިންމާލާނީ.

ގެދޮރުވެރިކަން ޔަޤީންކޮށް، އިޤްތިޞާދު ވަރުގަދަކޮށް، އަޅުގަނޑުމެންގެ އުމްރާނީ ތަރައްޤީ އަޅުގަނޑުމެން އެދޭ ގޮތަށް ހުރިހާ ރަށެއްގަ ޙާޞިލްކޮށް އަދި ދެމެހެޓެނިވި ތަރައްޤީގެ ސިޔާސަތު އަޅުގަނޑމެން ކަނޑައަޅާފައިވާގޮތަށް ތަންފީޒްކޮށް އަޅުގަނޑުމެން ބޭނުންވާގޮތަށް މި ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކަނޑައަޅާފައިވާގޮތަށް ތަންފީޒްކޮށް. 

ރާއްޖެއިން ބޭރުގެ އިންޓަރނޭޝަނަލް ކޮމިއުނިޓީންވެސް ޤައބޫކުކުރާނެ މީ އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤެއްކަން. އަޅުގަނޑުމެން ކުރިމަތީގަ ކޮންމެ ޤައުމެއްވެސް މި ވިސްނުމަށް ތަބާވާނަމަ ހަމަހަމަ ވާނެ. އަޅުގަނޑުމެން ދިވެހިންނަށް ދިވެހީންގެ ރާއްޖެ ބިނާކުރުމުގެ ޙައްޤު އޮންނަންވާނެކަން މިއަދު ވަރަށް ރަނގަޅަށް ސާފުވެއްޖެ. އަޅުގަނޑުމެންނަށް މުހިންމީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށް ނިންމުމުގެ ބާރު އޮތުން. އެހެންވީމަ، މި ޢަޒުމާއިގެން އަޅުގަނޑުމެން މިއަދު މަސެއްކަތް ފަށަމާ ހިންގަވާ. އިރާދުކުރެއްވިއްޔާ މީގެ ނަތީޖާ ފޮނިވާނެ. 

ދެން ކުރިންވެސް ދެންނެވިން އަޅުގަނޑު ހަޤީގަތުގައިވެސް ބޭނުމެއް ނުވޭ މާ ގިނަ ވާހަކަތަކެއް ތަކުރާރު ކުރާކަށް. ދައްކަން އޮތީ އެއްވާހަކައެއް. ވާހަކައަށް ވުރެ ބޮޑަށް އަޅުގަނޑު ދެން އިސްކުރަން ބޭނުންވަނީ ޢަމަލު ކުރުން. އިރާދުކުރެއްވިއްޔާ މި ޓީމާ އެކީގަ އަޅުގަނޑު ދެން ފަށާ މަސައްކަތް ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާ އެކީގަ ދާނީ ސްޕީޑުގައި ކުރިއަށް. 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮ ބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ޤައުމު އާރާސްތު ކުރުމުގަ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ޤައުމުގެ މަސްލަހަތު އިސްކޮށް އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބައެއް ކަމުގަ ލައްވަވާ އަޅުގަނޑުމެންގެ ޤައުމަށް އުޖާލާކަން މިންވަރު ކުރައްވަވާށި. މި ދިވެހި ލޮބުވެތި ވަޠަނަކީ މިނިވަން ތަނެއްގެ ގޮތުގައި ތާ އަބަދަށް ލަހައްޓަވާށި. (އާމީން)

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

- މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު