އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ އަމާޒު ބަދަލެއް ނުވާނެ، ރައީސްގެ ވައުދުފުުޅުތައް އޮތީ ލިޔެވިފައި ފެންނަން، މަޖިިލިސް މެޖޯރިޓީ ލިބުނީ ވެސް ބަހާއި އަމަލާ ދިމާވާތީ: ސައީދު

ސަރުކާރުގެ އަމާޒު ބަދަލެއް ނުވާނެ، ރައީސްގެ ވައުދުފުުޅުތައް އޮތީ ލިޔެވިފައި ފެންނަން، މަޖިިލިސް މެޖޯރިޓީ ލިބުނީ ވެސް ބަހާއި އަމަލާ ދިމާވާތީ: ސައީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މަޖިލިސް މެޖޯރިޓީ ލިބުނީ ރައްޔިތުންނަށް ވޭތުވި ފަސްމަސްދުވަހު ރާއްޖެއަށް އައި ބަދަލުތައް ފެނި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަމަލުފުޅު ބަހައްޓަވާތީކަމުގައިި އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ލިބުނު ސަަބަބު ހާމަކުރައްވަމުން ސައީދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިވޭތުވި ގާތްގަނޑަކަށް ފަަސްމަސްދުވަހުގެ ކުޑަ މުއްދަތެއްގެތެރޭގައި، ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތް މާލީ ހާލަތުން، މިހާހިސާބަށް ސަލާމަތުގެ އައްސޭރިއަަކަށް ރާއްޖެ ގެނެސްދީފައިވާތީ ކަމަށެވެ.

މި ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރުގެ މައިޕާޓީ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ އަކީ އޭގެ ރިވޯޑް ނުަވަތަ ބަލައިގަތުން ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

"އެއްވެސް މީހަކަށް ޕްރެޑިކްޓް ކުރާކަށް ނޭނގޭނެ، އެކަމަކު ރައްޔިތުންގެ ޖުމްލަ މެޖޯރިޓީއަށްވުރެ ބޮޑުއަދަދެއް ބޭނުން ވަނީ ރާއްޖެ ކުރިއަރައިދާން، ރައްޔިތުން ބޭނުމެއް ނުވޭ ފަސްއެނބުރި ބަލައި މާޒީގެ ހިތި ތަޖުރިބާތަކެއް ތަކުރާރުކުރާކާށް، ރައްޔިތުން ބޭނުންވަނީ ކުރިއަރައިދާން ކަމަށާއި ތަރައްގީ ކުރަން ހަމަޖެހުން އަދި ރާއްޖޭގެ މުސްތަގުބަލަށް ރައްޔިތުން ކުރާ އިންތިޒާރާއެކު ކުރިއަށް ދާން، ބޯހިޔާވަހިކަން ކަށަވަރު ކުރުން، ހަރުދަނާ އިގުތިސާދެއް އޮތުމާއެކު ވަޒީފާގެ ތިޔާގިކަން ރާއްޖެ އައުން،" މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.

ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބުމުން ރައީސްގެ އަމާޒެއް ބަދަލުނުވާނެ ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މުހިންމު މެނިފެސްޓޯއަކާއެކުގައި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ޕްރޯމޯލްޑިވްސް، ދިވެހިންގެ ރާއްޖެ ދިވެހިންނަށް އޮންނަން، އެއީ ރައީސް ގެ އަމާޒު ކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއްމެ އޮތީ ހާމައަށް ފެންނަން ކަމަށްވާއިރު އޮޅުވާލާނެ ނުވަތަ ހަނދުމަނެތިވެ އެހެން ވާހަކަފުޅަކަށް ބަދަލުވާނެ ގޮތެއް ނެތެވެ. ސަބަބަކީ ރައީސް ޑރ މުއިއްޒު ކެމްޕެއިނުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް، އެމަނިކުފާނު އަމާޒާއި އަޒުމުފުޅު ދިވެހީންގެރާއްޖެ، އެންމެންނަށްވެސް ފެންނާނެހެން އޮތީ ލިޔެވިފައި ކަމަށާއި ކޮންމެ ރަށެއްގެ ކައުންސިލުގައި އެފޮތް ފެންނަން އޮތްއިރު މަޖިލިސް މެޖޯރިޓީ ލިބިވަޑައިގެންނެވުމުން އެމަނިކުފާނު ބަދަލުވެވަޑައިގަތުމާމެދު  ސުވާލު އުފެދޭކަށްވެސް ނުުޖެހޭނެއެވެ. ބަހާއި އަމަލާ ދިމާވާ ތަން ފެނިފައިވާ ކަމަށާއި މަޖިލިހުުގެ މެޖޯރިޓީ ކާމިޔާބުވީ ސަބަބަކީވެސް އަމަލާ ބަހާ ދިމާވުން ކަމުގައި ސައީދު ވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު