އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސަންދަ ޕްރޮގުރާމް މިހާރު ބައްޓަންކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން, އިސްރާފު ވަރަށް ބޮޑު: ފިނޭންސް މިނިސްޓަރ

އާސަންދަ ޕްރޮގުރާމް މިހާރު ބައްޓަންކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން, އިސްރާފު ވަރަށް ބޮޑު: ފިނޭންސް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އާސަންދަ ޕްރޮގުރާމް މިހާރު ބައްޓަންކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ނިޒާމްގެ އިސްރާފު ވަރަށް ބޮޑުކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދަައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ އާސަންދަ އަކީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށާއި އެ ޕްރޮގުރާމްގެ ސަބަބުން ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ފައިދާ ކުރާ ކަމަށެވެ. އެހެން ނަމަވެސް އާސަންދަ ޕްރޮގުރާމް މިހާރު ބައްޓަންކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ނިޒާމްގެ އިސްރާފު ވަރަށް ބޮޑު ކަމަށް ޝަފީޤު ވިދާޅުވިއެވެ.

"އާސަންދައަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ވަރަށް ގިނަ ރައްޔިތުންތަކަށް ފައިދާކުރޭ. އެކަމު އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ އާސަންދައިގެ ކަންތައް ދަނީ އެންމެ ރަނގަޅަށް ނޫންކަން. އިސްރާފް ވަރަށް ބޮޑު. އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދު 2 ބިލިއަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަން ޚަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން." މިނިސްޓަރ ޑރ. ޝަފީޤް ވިދާޅުވިއެވެ.

މިގެއިތުރުން މިނިސްޓަރ ޑރ. ޝަފީޤް ވިދާޅުވީ ކުންފުނިތައް އިޞްލާހުކުރުމާއި އާސަންދަ އިޞްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާރުތައް އޮތީ ފަސްޖެހިފައިކަމަށެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށާއި، އެއްވެސް ކަމެއް ފަސް ކުރުމުގެ އުސޫލެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު