އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމައިފި

އަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަމާގުޅިގެން އެވުޒާރާއިން ބުނެފައިވަނީ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށާއި އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެންކަމަށް ވަނީ ބުނެފައެވެ.

އެ ވުޒާރާއާ ގުޅިގެން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ([email protected]) ކުރުމަށް ވަނީ އެދިފައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ. އަޟްޙާ ޢީދު ސަރުކާރުގެ ފަރާތުން ކުލަގަދަކޮށް އެކި ރަށްރަށުގައި އަންނަނީ ބާއްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު