އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާގުޅިގެން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ލޯނަށް އެދުމުގެ މުއްދަތު އަންނަ މޭ މަހުގެ 2 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި މޭ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް އެޕްލިކޭޝަން ހުށައެޅޭނެކަމަށެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލަފައިވަނީ 500 ފުރުޞަތެވެ.

ލޯނު ދޫކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުުތުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރިފައިވުމާއި ދިވެހި ރައްޔިތެއް ކަމުގައިވުން ހިމެނެއެވެ. އަދި ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުމާއި  އެމްއެންކިއުއެފްގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމް/ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން ހިމެނެއެވެ.

މި ލޯން ސްކީމުންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަނީ ޚާއްސަކޮށްފައެވެ. އެގޮތުން އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު