އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް ކަނޑައަޅަނީ

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް ކަނޑައަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މި ސަރުކާރުން ކަނޑައަޅުއްވާނެ ކަމަށް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި މަހުގެ 24 އިން ފެށިގެން މިއަދުގެ ނިޔަލަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ "ފަނޯއްލަ" ދަރުބާރުގެ މަހާސިންތާގައި ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"އަތޮޅު ކައުންސިލްގެ މެންޑޭޓް ވަރުގަދަކޮށް، ބައެއް ކަހަލަ ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ. އޭގެ ތެރޭގައި ވަޞީލަތްތައް ގާއިމްކޮށް އަތޮޅު ކައުންސިލުން، އެ އަތޮޅަކަށް ދެވޭނެ ޚިދުމަތްތައް މެންޑޭޓްގެ ތެރޭގައި ފުރިހަމަކޮށްދިނުން ހިމެނޭ،" ވަޒީރު އާދަމް ޝަރީފް

މީގެ އިތުރުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ލަފައިދެއްވާ ޓީމެއް އަތޮޅު ކައުންސިލްތަކުގައި އެކުލަވައިލައްވައި، ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަތޮޅުތަކަށް ބޭނުންވާ ޕަބްލިކް ވޯކްސްގެ ޚިދުމަތް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން "ފަނޯއްލަ" ދަރުބާރު ހދ. ހަނިމާދޫގައި ފެށުނީ މި މަހުގެ 24 ވަނަ ދުވަހެވެ. މި ދަރުބާރު މިއަދުގެ ނިޔަލަށް ކުރިއަށް ދާއިރު ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުންނާއި، އަދި ރަށު ކައުންސިލްތަކުގެ ރައީސުންްނާއި ބައެއް ކައުންސިލަރުން މި ދަރުބާރުގައި ބައިވެރިވެލައްވައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު