އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން ސަމާލުކަންދޭންޖެހޭ ކަމެއް!: ﷲ ތަޢާލާ ދެއްވެވި ވަރަށްވުރެ އިތުރަށް ޙައްޤުގެ ނަމުގަ ކަންކަން ލިބިގަންނަ މީހުންނާ މުސްލިމުން ތަފާތުވާނެ!: ޝައިޚް ޢަލީ ޒައިދު

މަޖިލީހުން ސަމާލުކަންދޭންޖެހޭ ކަމެއް!: ﷲ ތަޢާލާ ދެއްވެވި ވަރަށްވުރެ އިތުރަށް ޙައްޤުގެ ނަމުގަ ކަންކަން ލިބިގަންނަ މީހުންނާ މުސްލިމުން ތަފާތުވާނެ!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އެންމެހައި އިންސާނުންގެ ހުރިހާ ޙައްޤުތަކެއްވެސް ފެށިގެން އަންނަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. މީސްތަކުންނަށް ފައިދާކުރާނެ ހުރިހާ ޙައްޤުތަކެއް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެއިގެ އިތުރުން ޙައްޤުތައް އަމިއްލައަށް ކަނޑައެޅުމެއް ނެތެވެ. އެކަން ކުރުމުގެ ޙައްޤު އެއްވެސް އިންށާނަކަށް ދެއްވަވާފައެއް ނުވެއެވެ. ﷲ ތަޢާލާ ނުދެއްވަވާ ޙައްޤެއްގެ ބޭނުން ކުރަން އުޅުން ނުވަތަ ލިބިގަންނަން އުޅުން ހުއްދައެއް ނޫނެވެ. 

"ކަލާނގެ (ﷲ ތަޢާލާ) ދެއްވި ވަރަށްވުރެ އިތުރު ޙައްޤެއް، ޙައްޤުތަކުގެ ނަމުގައި އަޅުގަނޑުމެން މުސްލިމުން ބޭނުމެއް ނުވެއެވެ! ޙައްޤެވެ ކިޔައިގެން ދުނިޔޭގައި ލެއްވިހާ މުޑުދާރު ޢަމަލުތައް ހިންގާ މީހުން ދުނިޔޭގައި އުޅެއެވެ! އެފަދަ މީހުންނާއި މުސްލިމުން ތަފާތުވާނެ!" 

- ޝައިޚް ޢަލީ ޒައިދު 

ހަމައެކަނި އެފަދަ ޢަމަލުތައް ހިންގާ މީހުންނެއް ނޫނެވެ. އެފަދަ ހަޑިމުޑުދާރު ޢަމަލުތައް ފަތުރަން ބާރުއަޅައި ވަކާލާތުކުރާ މީހުންނަކީވެސް ހަމަ ހަޑިމުޑުދާރު ބައެކެވެ. އެފަދަ ތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރިކަން ބޮޑު ބައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމުގައިވާއިރު ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކާއި ޙައްދުތައް ބޮލާލާ ޖަހައި ތަންފީޒުނުކުރާ ވެރިންނެވެ. 

ކީރިތި ޤުރްއާނަށް އަމަލުނުކުރުމުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ. 

ނިމިގެން ދިއަ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ އިސްލާމް ދީނުގައި ދީފައިނުވާ ޙައްޤުތަކަށް ވަކާލާތުކޮށް އަދި އެޙައްޤުތައް ލިބިގަންނަން އެންމެ ބޮޑަށް ވަކާލާތުކުރި ދައުރެވެ! މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ވީމާ މަޖިލިސް މެންބަރުން މަޖިލީހުގައި ދައްކާ ވާހަކަތަކުގެ ތެރެއިން މިކަންކަން މަޖިލީހުގައި ނުކުރެވޭނެ ގޮތަކަށް މަޖިލީހުގެ ޤަވާޢިދުތައް އިޞްލާޙުކުރަން އެބަޖެހެއެވެ. އެކަންކަން ކުރި ބައެއް މެންބަރުން މިފަހަރުވެސް މަޖިލީހަށް ހޮވާފައިވާކަން އެއީ އެފިޠުނައިގެ އަސަރު ރައްޔިތުންނަށް ފޯރާފައިވާ ކަމުގެ ހެއްކެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް