އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗިކުންގުންޏާ އަދި ޑެންގީ ހުން ފެތުރޭތީ ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޗިކުންގުންޏާ އަދި ޑެންގީ ހުން ފެތުރޭތީ ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ޗިކުންގުންޏާ އަދި ޑެންގީ ހުން ފެތުރޭތީ ރައްކާތެރި ވުމަށް ސިއްހީ ކަންތައްތަކާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މިމަހު އެކަނިވެސް ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިހާތަނަށް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށާޢި ކުރިއަށް އޮތީ ވިއްސާރަ މޫސުމަކަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށާއި އެފަދަ މަދިރިން ސަލަމާތްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށެވެ. 

ޗިކުން ގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. މި ބަލި ޖެހުމުން ހުޅުތަކުގައި ރިއްސުމާއި އަދި ހުޅު ދުޅަވެ އެކަމުގެ އުނދަގޫތައް ގިނަ ދުވަސްތަކަކަށް ކުރިމަތި ވުމަކީ މިކަމުގެ އަލާމަތްތަކެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ޑެންގީ އަދި ޗިކުންގުންޔާ ބޮަޑަށް ފެތުރޭ އެއް ސަބަބަކީ ފެން ހަރުލާފައި ހުންނަ ތަކެތީގެ ޒަރިއްޔާއިން ނެވެ. އަދި ޗިކެންގުންޏާ ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، މި ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުން ބަލީގެ ވައިރަސް އެމީހާގެ ހަށިގަނޑުގައި ފެތުރޭނެއެވެ. 

ޗިކުންގުންޔާއަށް ފަރުވާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން، ހުން އައިސް ގައިގައި ރިއްސާނަމަ ޕެނަޑޯލު ނުވަތަ ޕެރެސެޓުމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބެނުން ނުކުރުމެވެ. އަދި 3-7 ދުވަހަވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ފަރުވާ ކުރުމަށް އެޗްޕީއޭ އިލްތިމާސް ކުރި އެވެ.

ޗިކަންގުންޔާގެ އަލާމަތް ތުކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން، ބޮލުގައި ރިއްސުން، ހުޅުހުޅު ގައި ރިއްސުން، ބަޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލުން އަދި ގައިގައި ރަތްބިހި ނެގުން ހިމެނެއެވެ. ޗިކެންގުންޔާ ޖެހުމަށް މަގުފަހިވާ މަދިރިތައް އެންމެ ގިނަވަނީ ހެނދުނާއި ހަވީރެވެ.

 

 

އިލްތިމާސްކޮށްފި

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ