އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާތަނަށް ރިޕޯޓްކުރި ޑެންގީ އާއި ޗިކުންގުންޔާ ގެ ކޭސްތަކުގެ އަދަދު 900 އަށް!

މިހާތަނަށް ރިޕޯޓްކުރި ޑެންގީ އާއި ޗިކުންގުންޔާ ގެ ކޭސްތަކުގެ އަދަދު 900 އަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މިއަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާ އާއި ގުޅޭ 900 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ އެކަކުން މެއި މަހުގެ ފުރަތަމަ ހަތްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސްވަނީ ރިޕޯޓްކޮށްފައެވެ. އަދި އަހަރުގެ 14 ވަނަ ހަފްތާއިން ފެށިގެން ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވެސް ދައްކައެވެ.

މީގެ ތެރެއިން ވެސް އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށްވާއިރު، އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ 17 ވަނަ ހަފްތާގައެވެ. ޖެނުއަރީން ފެށިގެން މެއި 4ގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން މަދިރިން ޖެހޭ ބަލިތައް ފެތުރޭ މިންވަރު އިތުރުވާއިރު، މި އަހަރުގެ ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާތީ، މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު