އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނަން: ސަރުކާރުން

މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނަން: ސަރުކާރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެކަމަށް ސަރުކާރުން ބުނެފއިެވެ.

ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ގާއިމުކުރި މެޑިކަލް ސްކޫލުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ކުއްލި ގޮތަކަށް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމުމާއެކު އެ ދަރިވަރުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ ބައްދަލުކޮށްފައެވެ.

އަދި މި ބައްދަލުވުމުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ދިން ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ސިއްހީ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު