އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގުގެ ހިއްސާއަކަށް 7.50 ރުފިޔާ ބަހަން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.50 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

35 ވަނަ އަހަރީ އާންމު ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާގެ ގޮތުގައި ޖުމްލަ 570 މިލިއަން ރުފިޔާ ބެހުމަށެވެ. އެގޮތަށް ހިއްސާ ބަހަން ފާސްކުރީ ބައިވެރިވި 335 ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކުން، 247 ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހިއްސާ ބަހާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ 16:00އާ ހަމައަށް ޝެއާހޯލްޑަރުންގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހުންނަށެވެ.

މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 1.8 އިންސައްތަ އިތުރު އަދަދެކެވެ.

މިޖަލްސާގައި ދިރާގުގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް، މީގެ ކުރިން ވެސް އެ މަގާމުގައި ހުރި އަހުމަދު މުޙައްމަދު ދީދީ ވަނީ ހޮވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު