އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން "ވާހަކަ އެޑްއޯން" ތަޢާރްފަކޮށް ބޭނުންވަރަކަށް ގްރޫޕް ކޯލްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދީފި-

ދިރާގުން "ވާހަކަ އެޑްއޯން" ތަޢާރްފަކޮށް ބޭނުންވަރަކަށް ގްރޫޕް ކޯލްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދީފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

ދިރާގުން "ވާހަކަ އެޑްއޯން" ތަޢާރްފަކޮށް  ބޭނުންވަރަކަށް ގްރޫޕް ކޯލްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ. 

މިއީ ކޮންމެ މަހަކަށް 50 ރުފިޔާއަށް ފޯރުކޮސްދޭ ޚިދުމަތެކެވެ. 1ޖީބީ މޮބައިލް ޑޭޓާވެސް ދެއެވެ. 

އިތުރު މަޢުލޫމާތު މިއަދު ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން: 

މިއަދު އަޅުގަނޑުމެން މި ލޯންޗްކުރަން މިއުޅޭ ޕްރޮޑަކްޓަކީ "ވަރަށް ވާހަކަ". މި އެޑްއޯން އަކީ އަޅުގަނޑުމެން މިހާރު ޑޭޓާ ގެ އިތުރުން އަޅުގަނޑުމެންނަށް ފެނޭ މިހާރު ފޯނުން ވާހަކަ ދައްކާ ބޭފުޅުންވެސް އުޅުއްވާދޯ، އެހެންމަ އެބޭފުޅުންނަށް ހާއްސަކޮށްގެން ވާހަކަ ދެއްކޭނެ އިތުރު އޮޕަޗުނިޓީއެއް ކްރިއޭޓް ކޮށްދިނުމަށް އަޅުގަނޑުމެން ތައާފަރްކުރާ އެޑޯންއެއް. 

މި އެޑްއޯން އަކީ އަސްލުގަ ބޮޑަށް، ގްރޫޕެއް މި ކްރިއޭޓް ކޮށްލަނީ. އެ ގްރޫޕްގަ ޖޮއިންކޮށްލާ ހުރިހާ ބޭފުޅުންނަށް ހަމަ ކުޑަކުޑަ އެޑްއޯންއެއް އެކްޓިވޭޓް ކުރުމަށްފަހު ހިލޭ އެ ގްރޫޕްގަ ތިބޭ ހުރިހާ ބޭފުޅުންނާ ވާހަކަ ދައްކާލެވޭ ކަހަލަ އެޑްއޯންއެއް. އެހެންމަ މި އަޅުގަނޑުމެންގެ " ވަރަށް ވާހަކަ" އެޑްއޯން އެކްޓިވޭޓް ކޮށްލެވޭނެ ހަމަ އެޕުން. އެޕްގަ އިންނާނެ " ޓޮގޫލް ބަޓަން" އެއް. އެ ބަޓަންއިން އެކްޓިވޭޓް ކޮށްލާފަ، އެބޭފުޅަކު ބޭނުން ބަޔަކު އެ ގްރޫޕަށް އެޑްކޮށްލީމަ އެ ހުރިހާ ބޭފުޅުންނަށް ހިލޭ ވާހަކަ ދައްކާލެވޭނެ 30 ދުވަސް ވަންދެން. 

ދެން މީ ހަމަ އެންމެ 50 ރުފިޔާއަށް އިންނަ އެޑްއޯންއެއް. ޕްރިޕެއިޑް ކަސްޓަމާސްއަށް މިވަގުތު މި އެޑޯން އިންނާނީ. އެހެންމަ ޕްރިޕެއިޑް ކޮންމެ ކަސްޓަމާއަކަށްވެސް އެޕަށް ވަދެފަ އެޑްއޯން އެކްޓިވޭޓް ކޮށްލައިގެން ވާހަކަ ގޮރޫޕްގަ ޖޮއިން ކޮށްލެވޭނެ. ދެން އެބޭފުޅެއްގެ" މިހާރު ގްރޫޕްގަ ގިނައިން ވާހަކަ ދައްކާ އުޅޭ ފްރެންޑެއް ނޫނީ ފެމިލީ މެމްބާރ އެއް ހުރިއްޔާމު އެބޭފުޅަކަށް އިންވައިޓްވެސް ކުރެވޭނެ ހަމަ އެޕް ތްރޫކޮށް." އިންވައިޓް ކޮށްލާއިރު ޗެކް ކޮށްލެވޭނެ " މިހާރު މިސާލަކަށް އެބޭފުޅާ އޯލްރެޑީ މި އެޑްއޯން ނަގާފަތޯ އިނީ، ހަމަ އެތާ ނަންބަރު ޖަހާލާފަ ޗެކްކޮށްލެވޭނެ، އޮލްރެޑީ ގްރޫޕްގަ ނެތް ބެފުޅެއް ވެއްޖެއްޔާ އިންވައިޓް ކޮށްލީމަ އެބޭފުޅާ އެކްޓިވޭޓް ކޮށްލަންޖެހޭނީ." 

"ވަރަށް ވާހަކަ" އެޑްއޯން ގެ އިތުރުންވެސް ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ އެންމެ ފަހުން ނެރުނު އެއް ޕްރޮމޯޝަންއަކީ "ޓެސްލާ ޕްރޮމޯޝަން". ހަމަ ގިނަ ބަޔަކު، އަޅުގަނޑަށް ހަމަ ޔަޤީން ތިބޭފުޅުންނަށްވެސް އަންނާނެ ސުވާލެއް ކޮންއިރަކުންހޭ ޓެސްލާގެ ނަސީބުވެރި ފަރާތް ހޮވާނީ. 

ޓެސްލާ ވަރަށް އަވަހަށް އަޅުގަނޑުމެން އޭގެ ނަސީބު ވެރި ފަރާތަށް އެބަ ދޫކުރަން. ދެން މިހާރު މާ ގިނަ ދުވަހެއް ނެތް. ޖޫން 17 ގައި އަޅުގަނޑުމެން ވަރަށް ޚާއްސަ ޢީދު ޝޯއަކާއި އެކީގަ. ޢީދު ޝޯއެއް ދިރާގުން ނުބާއްވާތާވެސް މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ. ޢީދި ޝޯއަކީ އަޅުގަނޑުމެންގެ ބެލުންތެރިން އަދި މުޖުތަމައުވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ ޝޯއެއް. އެހެންވީމަ މި  ބޮޑު ޢީދަށް އަޅުގަނޑުމެން ޢީދު ޝޯ އަނބުރާ މި ގެންނަނީ. ޢީދު ޝޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ. ދެން ހަމަ އެ ޢީދު ޝޯގަ އަޅުގަނޑުމެން މި ޓެސްލާގެ ނަސީބުވެރިފަރާތްވެސް ހޮވާނަން. 

" ވަރަށް ވާހަކަ" މި އެޑްއޯން ފަރުމާކުރުމުގައި އަޅުގަނޑުމެން މަސެއްކަތް ކުރަމުން ދިޔައިރު އަޅުގަނޑުމެން ހިތައް އެރި އެއްޗެއް، މިހާރު ހުރިހާއެންމެން ބޭނުންކުރާނީ ޑޭޓާއޭ. މެސެޖަކުން ނޭ ދައްކާ ވާހަކަވެސް ދައްކާނީ. ދެން އަޅުގަނޑުމެންގެ އާދަކާދަތަކަށް ބަލާއިރު މަޖާ ވާހަކައެއް ޓެކްސްޓަކުން ފޮނުވާލީމަ "ލޮލް" އެއް މިހެން އަނބުރާ އައުން އެއީ އެހާ މަޖައެއް ނޫން. އެކަމު މިސާލަކަށް ރައްޓެއްސަކާ އެކީގަ މަޖާވާހަކައެއް ދައްކާލާ " ލާފިންގ އައުޓް ލައުޑް" ޕްރެކްޓިސް ކޮށްލުން އެއީ އިމޯޓަން ނެރެންވެސް ވަރަށް ރަނގަޅު ފުރުސަތެއް. މި އެޑޯން މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ވާހަކަ ދައްކަން.

ވާހަކަ އެޑްއޯން އެޕުން ނުފެންނަ ކަމަށް ވެއްޖެއްޔާ، އެޕް އަޕްޑޭޓް ކޮށްލެއްވީމަ އެ އެޑްއޯން ފެންނާނެ. ދެން ހަމަ މި އެޑޯން އަންލިމިޓެޑް ކޯލްސް ގެ އިތުރުން 1 ޖީ.ބީ ޑޭޓާ ވެސް ލިބޭނެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު