އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ވަނީ، މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބުނާގޮތުން، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރާނީ، މިކަމުގެ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ. އެގޮތުން، އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތްދިނުން ހިމެނިފައިވާ، 100 އިންސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވެސް ވާންޖެހެއެވެ.

އުސޫލާއި ހިލާފަށް ޢުމްރާވެރީންގެއަތުން ފައިސާ ނަގައިފިނަމަ، ނުވަތަ އުސޫލުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، 5،000 ރުފިޔާއާއި، 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުޞޫލުގެ ދަށުން، ކޮންމެ އަހަރަކުވެސް ދެފަހަރު ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ދިނުމަށް އިޢުލާނުކުރަން ޖެހޭނެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރާ ފުރަތަމަ ފަހަރެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު