އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލި ޝޮޕްތަކުން އަނބާ މޭވާގެ ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި

އުފަންވެލި ޝޮޕްތަކުން އަނބާ މޭވާގެ ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އުފަންވެލި ޝޮޕްތަކުން އަނބާ މޭވާގެ ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފިއެވެ. 

މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިޚާއްޞަ ޕްރަމޯޝަންގައި އަނބުކިލޯއެއް ވިއްކަނީ އެންމެ 35 ރުފިޔާއަށެވެ. 10 ކިލޯގެ ކޭހެއް 300 ރުފިޔާއަށެވެ. 

ޗީކީ ޕެއާރސް ކިލޯއެއް އެންމެ 45 ރުފިޔާއަށް ވިއްކާއި 12.5 ކިލޯގެ ކޭހެއް ވިއްކަނީ 360 ރުފިޔާއަށެވެ. 

ކޭޕްރޯސް ޕެއާރސް ކިލޯއެއް އެންމެ 45 ރުފިޔާއަށް ވިއްކާއި 12.5 ކިލޯގެ ކޭހެއް ވިއްކަނީ 320 ރުފިޔާއަށެވެ. 

އިނގުރު ކިލޯއެއް އެންމެ 40 ރުފިޔާއަށް ވިއްކާއި 10 ކިލޯގެ ކޭހެއް ވިއްކަނީ 380 ރުފިޔާއަށެވެ.

މީގެ އިތުރުންވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ކާބޯތަކެތީގެ ގިނަ ބާވަތްތައް ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު