އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގަ އިސްލާމީ ގިނަ ކަންތައްތަކެއް ކުރިއަރުވަން ކަނޑައަޅުއްވާފަ އެބައޮތް- މިގެންދަނީ އެކަންކަން ފުރިހަމަކުރަމުން: ޑރ. ޝަހީމް

ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގަ އިސްލާމީ ގިނަ ކަންތައްތަކެއް ކުރިއަރުވަން ކަނޑައަޅުއްވާފަ އެބައޮތް- މިގެންދަނީ އެކަންކަން ފުރިހަމަކުރަމުން: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

މި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކޮންމެ މަހަކު އެއްފަހަރުގަ ނޫސްވެރިންނާ ބައްދަލުކޮށް، މިނިސްޓްރީގެ މަސެއްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެއް. މި ބައްދަލުވުމުގަ މައިގަނޑު ގޮތެއްގަ އަޅުގަނޑު އަލިއަޅުވާލާނީ މިނިސްޓްރީގެ މަސެއްކަތްތަކަށް. މި ވޭތުވެދިޔަ 5، ހައެއްކަ މަސްދުވަހުގެ ތެރޭގަ އިސްލާމިކް މިނިސްޓްރީއިން މީޑިއާޔާ ވަރަށް ގާތްކޮށް މަސެއްކަތް ކުރެވިފަ ވާނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މީޑިއާޔާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް މުއައްސަސާއަށް އިސްލާމިކް މިނިސްޓްރީން ވާނެ އިރާދުކުރެއްވިއްޔާމު. 

މިފަދަ ނޫސްވެރިންނަށް ޚާއްސަ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް މި ބޭއްވެނީ. ނޫސްވެރިންނަށް ޚާއްސަކޮށް ވަކި ބައްދަލުވުމެއް. މީގެ ކުރިން މިދިޔަ 5، 6 އެއްކަ މަސްތެރޭގަ ބޭއްވިފަނުވަނީ  އަބަދުވެސް ނޫސްވެރިންނަށް މައުލޫމާތު ދެމުން ދާތިވެ. އެކަމަކު މިހާރު ކޮންމެ މަހަކު އެއްފަހަރު ވަކިން ބައްދަލުވުމެއް ބާއްވަން އިރުޝާދު ދެއްވާފަވަނީ ވީހާވެސް ބޮޑަށް އިތުރަށް މިނިސްޓްރީގެ މަސެއްކަތް ތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކާ. 

އެނގިވަޑައިގަންނަވާނެ، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގަ ވަރަށް މުހިއްމު އިސްލާމީ ހަދާފް ތަކެއް، ޙާސިލް ކުރަން ބޭނުންވާ މުހިއްމު އަމާޒްތަކެއް ކަނޑައެޅިފަ ހުރި. އެކަންތައްތައް އެންމެ ފުރިހަމަ ގޮތުގަ ޙާސިލް ކުރުމަށްޓަކާ މިނިސްޓްރީގެ ފަރާތުން ދިޔައީ މަސެއްކަތް ކުރަމުން. އެގޮތުން ވަރަށް ގިނަ ކަންތައްތައް މިހާރު ވަނީ ޙާސިލް ކުރެވިފަ. ވަރަށްގިނަ މަޝްރޫއުތައް ވަނީ ފެށިފަ. ދެން އޭގެ މައްޗަށް ކަންކަން އިތުރަށް ތަރައްޤީކޮށް ތަރުތީބުކުރުމުގެ މަސެއްކަތް މިހާރު ކުރިއަށް މިދަނީ.

- ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިއަދު ދެއްކެވި ވާހަކަފުޅުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު