އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖޭގެ ޤާއިމް ކުރެވޭ އެންމެބޮޑު އިސްލާމީ ވަޤުފް ޕްރޮޖެކްޓް މާތް ﷲ އިރާދުކުރެއްވިއްޔާ މިއަހަރު ތެރޭގައި ހުޅުމާޅޭގައި ފެށިގެންދާނެ!: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ ޤާއިމް ކުރެވޭ އެންމެބޮޑު އިސްލާމީ ވަޤުފް ޕްރޮޖެކްޓް މާތް ﷲ އިރާދުކުރެއްވިއްޔާ މިއަހަރު ތެރޭގައި ހުޅުމާޅޭގައި ފެށިގެންދާނެ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ދެން އަޅުގަނޑު އަލިއަޅުވާލާނީ އައުޤާފްގެ ކަންތައްތަކަށް. ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގަ ބަޔާން ކުރައްވާފަވޭ އައުޤާފް ގެ ނިޒާމް ހަރުދަނާ ކުރާނެ ވާހަކަ. މި ސަރުކާރު ޤާއިމްވުމާ އެކުގަ އެންމެ ފުރަތަމަވެސް އިސްލާމިކް  މިނިސްޓްރީގެ ފަރާތުން އެންމެ މުހިއްމުކަން ދިން އެއް ދާއިރާ އެއީ އައުޤާފްގެ ނިޒާމް ހަރުދަނާ ކުރުން. 

ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގަ ބަޔާންވެފައިވާ ގޮތުގެ މަތިން ކުރިއަށް އެބަދޭ މަސެއްކަތްތައް. ދިވެހިރާއްޖޭގެ ޤާއިމް ކުރެވޭ އެންމެބޮޑު އިސްލާމީ ވަޤުފް ޕްރޮޖެކްޓް މާތްﷲ އިރާދުކުރެއްވިއްޔާ މިއަހަރު ތެރޭގައި ފެށިގެންދާނެ ހުޅުމާޅޭގައި. 

20000 އަކަފޫޓުގެ ބިމެއްގަ ޤާއިމްކުރެވޭ މި ވަޤުފް ޕްރޮޖެކްޓަކީ އެއީ ރާއްޖޭގަ ޤާޢިމް ކުރެވޭ އެންމެ ބޮޑު ވަޤުފް ޕްރޮޖެކްޓަށް ވާނެ. މި ވަޤުފް ޕްރޮޖެކްޓަކީ އެއީ ވަރަށް ބޮޑު ކޮމްޕްލެކްސްއެއް، އޮފީސް ކޮމްޕްލެކްސްއެއް އެތަނުގެ ތެރޭގައި އޮފީސްގެ ޖާގައާއި، ހޯލާއި މިހެންގޮސް އެކިއެކި އެކިއެކި ވަޞީލަތްތައް ޤާއިމްކުރެވިގެން ކުއްޔަށްދެވޭގޮތަށް ޤާއިމް ކުރެވޭ ބިލްޑިންގް އެއް. 

ރާއްޖޭގަ ޤައިމްލުރައްވާ އެންމެ ބޮޑު ވަޤުފް އިސްލާމީ ވަޤުފް ޕްރޮޖެކްޓް އެއީ. ދާރުއްސަލާމް އިސްލާމީކް ކޮމްޕްލެކްސް އިރާދުކުރެއްވިއްޔާ މިއަހަރު ތެރޭގައި ބިންގާއެޅި މަސެއްކަތް ކުރިއަށް ދާނެ. އޭގެ ހުރިހާ މަރްޙަލާތަކެއް މިހާރު ވަނީ ނިމިފަ. ބިން މިވަނީ އިސްލާމިކް މިނިސްޓްރީގެ ބިމެއްގެ ގޮތުގަ ރަޖިސްޓްރީ ކުރެވިފަ. އެކަމަށް ކެބިނެޓްގެ ފެންވަރުގަ މަޝްވަރާ ކުރެވިފަ ނަގަންޖެހޭ ހުއްދަތައް މިހާރުވަނީ ނެގިފަ. އަދި ފިނޭންސް މިނިސްޓްރީއާ އެއްކޮށް މިހާރު މަޝްވަރާ ކުރަމުން ދަނީ، އެތަން އެޅުމަށްޓަކާ ބޭނުންވާ ފައިސާ ބީ.އެމް.އެލް އިސްލާމިކް ބޭންކް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަން ލޯނެއްގެ ތެރެއިން މަޝްވަރާ ކުރަމުން ދަނީ. އެއީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެއީ. އެ ޕްރޮޖެކްޓް ޤާއިމް ކުރެވިއްޖެ ކަމުގަ ވަނީނަމަ އެއީ އަހަރުތަކަކަށް މާތްﷲ  އިރާދަކުރެއްވިއްޔާމު ދިވެހިރާއްޖޭގެ އިސްލާމީ ކަންކަމުގެ ތެރޭގަ މިހުރި މާލީ ދަތިކަން ހައްލުވެގެން ދާނެ. 

އެނގިވަޑައިގަންނަވާނެ ފަދައިން މިސްކިތް ފަންޑުގަވެސް އެންމެފުރަތަމަ އަޅުގަނޑުމެން ފޮށްޓެއް ބަހައްޓައިގެން މަސެއްކަތްކުރީ އެހީ ހޯދަން. ފަހުން އެ ފޮށި ބަދަލުވީ ބިލްޑީންގްއަކަށް. އެހެންނޫންތޯ ދާރުލް އީމާން ބިކލްޑިންގް. އަޅުގަނޑުމެންނަށް އަހަރަކު 5، 6 އެއްކަ މިލިއަން ރުފިޔާ އެތަނުން ލިބޭ މިހާރު މިސްކިތް ފަންޑަށް. އެހެންވީމަ މި ދާރުއްސަލާމް ޕްރޮޖެކްޓުންވެސް ވަރަށް ބޮޑު އެހީއެއް އިސްލާމީ ފަންޑަށް ލިބިގެން ދާނެ. އެކަން ވެގެންދާނީ މި ދާއިރާގެތެރޭގަ ހުރި މާލީ ދަތިކަން ހައްލުކޮށްދޭނެ ވަރަށް ބޮޑު ވަޞީލަތަކަށް. 

މީގެ އިތުރުން ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވަނީ މާލެއިން އިތުރު ބިމެއް ހަމަޖައްސަވާ ދެއްވާފަ، އިތުރު ވަޤުފް ޕްރޮޖެކްޓެއްގެ ގޮތުގަ "ދާރުލް އަރްޣަމް" އެއަށް އަޅުގަނޑުމެން މި ކިޔަނީ. ދާރުލް އަރްޣަމްގެ ޕްރޮޖެކްޓް އިރާދުކުރެއްވިއްޔާ އަޅުގަނޑުގެ އުއްމީދަކީ ހަމަ މާތް ﷲ އިރާދުކުރެއްވިއްޔާމު މިއަހަރުގެ ފަހުކޮޅުގަ ނަމަވެސް އެ މަޝްރޫއު ފެށިގެން ދާނެކަމަށް.

- ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިއަދު ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު