އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޤުފް ޕްރޮޖެކްޓްތައް ޤާއިމް ކުރުމަށްޓަކާ ރަށްރަށާއި ސިޓީ ތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން: ޑރ. ޝަހީމް

ވަޤުފް ޕްރޮޖެކްޓްތައް ޤާއިމް ކުރުމަށްޓަކާ ރަށްރަށާއި ސިޓީ ތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ހުޅުމާލޭގަ އަޅާ ވަޤުފް ޢިމާރާތުގެ ބިން ކަނޑައެޅުމާއި ރަޖިސްޓްރޭޝަން މަރްހަލާގަ މިހާރު ކުރިއަށް ދަނީ. އެކަންތައް އެއީ ރައީސުލް ޖުމްހޫރިއްޔާވެސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. މި ވަޤުފް މި މާލޭ އޭރިޔާގަ ޤާއިމް ކުރެވޭ 2 މަޝްރޫއެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. މީގެ އިތުރުން އަތޮޅުތަކުގައާއި އަދި ބައެއް ރަށްރަށުގަވެސް ވަޤުފް ޕްރޮޖެކްޓްތައް ޤާއިމް ކުރުމަށްޓަކާ ރަށްރަށާއި ސިޓީ ތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. 

ހަމައެއާއެކުގަ، މިސްކިތްތަކާ ގުޅޭ ކަންތައްތައް، މިސްކިތްތަކާ ބެހޭ މަޖްލީހެއް އެކުލަވާލުމަކީ އެއީ މެނިފެސްޓޯގަ އޮތްކަމެއް އެއީ. މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލީސް އަޅުގަނޑުމެން މިހާރުވަނީ އެކުލަވާ ލާފަ. އެ މަޖްލީހުގެ ފުރަތަމަ ބައްދަލުވުން އަޅުގަނޑުމެން މިއަދު ބާއްވާފަވާނެ. އަދި ޙައްޖުގެ ކުރިން އަޅުގަނޑުމެން ވަކި މައުޟޫތަކެއް އެޖެންޑާކޮށްގެން މަޝްވަރާތަކެއް ކުރުމަށްޓަކާ އެއް ބައްދަލުވުން އަދި ބާއްވާނެ މިމަހުގެ ތެރޭގައި. 

މީގެ ބޭނުމަކީ މިސްކިތްތަކަށް ދިމާވެފަ ހުރި ކަންތައްތައް ހައްލުކުރުމަށްޓަކާ ސަރުކާރަށް އިޝްތިޝާރީ ލަފާ ހޯދުން. މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލީހުގެ މެންބަރުންގެ ގޮތުގަ މި ތިއްބަވަނީ ތަޖުރިބާ ހުރި ބޭފުޅުން އެބޭފުޅުންގެ ދާއިރާތަކުގަ ތަޖުރިބާ ހުރި ބޭފުޅުން. އަދި މީގެ ކުރިން މިސްކިތްތަކާ ގުޅޭ ދާއިރާތަކުގަ ޚިދުމަތް ކުރައްވާފަ ތިއްބެވި ބޭފުޅުންނާއި އޭގެ އިތުރުން މަޤާމުގެ ހައިސިއްޔަތުން މަޖްލީހުގަ ތިއްބަވާ ބޭފުޅުން. ދެން މި ބޭފުޅުން މި ދެއްވާ ލަފަޔާއި އިރުޝާދު އެއީ އަޅުގަނޑުމެންގެ ވުޒާރާޢިން ޤަބޫލުކުރާނެ އެއްޗެއް އިރާދުކުރެއްވިއްޔާމު. އަދި ސަރުކާރުން އެލަފާ އަޑުއަހާނެ. ރައީސުލް ޖުމްހޫރިއްޔާގެ ކަންފަތްޕުޅާ ހަމައަށްވެސް އެލަފާ ދާނެ މިސްކިތްތަކާ ގުޅޭ ކަންކަމުގެ. އެހެންވީމަ އެކަންކަން އިރާދުކުރެއްވިއްޔާމު ރަނގަޅު މަގުން ދާނެކަމަށް އަޅުގަނޑު މި ބަލަނީ. 

މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލީހެއްގެ މަސެއްކަތްތަކެއް ރާއްޖޭގަ އަލުން ފެށިގެން މި ދާދިއުން އެއީ ހަޤީގަތުގަ އިސްލާމީ ދައުލަތެއް ދިވެހިރާއްޖޭގަ ޤާޢިމްވެފަ އޮތްކަމާއި އިސްލާމީ ދައުލަތެއްގެ ތެރޭގައި ހުންނަންޖެހޭ ކަންތައްތަކެއް އެއީ. ޒަކާތުގެ ކަންތައް ހަރުދަނާވެފަ އޮތުން، އައުޤާފްގެ ކަންތައް ހަރުދަނާ ވެފައޮތުން، މިސްކިތްތަކަށްދޭ އަހައްމިއްޔަތު އިތުރު ވެގެން ދިޔުން. މިކަންތަކަކީ އިސްލާމީ ދައުލަތެއްގެ ތެރޭގަ ހުންނަންޖެހޭނެ ކަންތައްތައް. އިސްލާމީ ދައުލަތަކުން މުހިއްމުކަން ދޭންޖެހޭ ކަންތައްތައް މީ. 

އެހެންމަ މި މަރްޙަލާގަ ހަޤީގަތުގަ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަންކަން ރަނގަޅު މަގުގަ ހަރުދަނާ ކަމާއެކު ޤާއިމް ކުރުމަކީ މީގެ އެތައް އަހަރެއް ފަހަށް ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް އޭގެ އީޖާބީ ހެޔޮ އަސަރު ކުރާނެ ކަންތައްތައް. އަޅުގަނޑުމެން ބަލަމާ މިހާރު ރާއްޖޭގަވެސް މި ޤާއިމްވެފަހުރި އިސްލާމީ އެކިއެކި މުއައްސަސާތައް، މިސާލަކަށް އަރަބިއްޔާ ސްކޫލް، އިސްލާމީ މަރްކަޒް. މި ރާއްޖޭގެ ވެރިއެއްގެ ވެރިކަމެއްގެ ތެރޭގަ ޤާއިމް ކުރެވިފަ ހުރި މުއައްސަސާތައް މީ. އެ މުއައްސަސާތައް އެގޮތުގަ ހުރީމަ އޭގެ ބޭނުން މިއަދު އަޅުގަނޑުމެންނަށް އެބަ ކުރެވޭ ރަނގަޅު ގޮތުގަ. އޭގެ މާނައަކީ މިއަދު ޤައިމްވެގެން މިދާ މުއައްސަސާތަކަކީ މީގެ އެތައް އަހަރުތަކަކަށް އޭގެ ފައިދާ އޮއްސިގެން ދާނެ ކަންތައްތަކެކޭ މީ. 

އެހެންވީމަ އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖެއަށް، ދިވެހިރާއްޖެއަށް މިހާރު މި އޮތް ދުވަސްވަރަކީ މީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި ވަރަށް ހެޔޮ ދުވަސްތަކެކޭ މީ. މި ދުވަސްތަކުގެ ބޭނުން ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގެ ޢިލްމުވެރިންނާއި، ކަމުވޮށީގެންވާ އެންމެން ގުޅިގެން އެކުވެރިކަމާއެކު ބަދަހިކަމާ އެކުގަ މިކަމުގެ ބޭނުން ރަނގަޅުގޮތުގަ ހިފަންށޭ ޖެހޭނީ. އެއީ ޤައުމީ މަސްލަޙަތު އިސްކޮށްގެން ކުރާ ކަމެއްގެ ގޮތުގަ. 

- މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު