އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިންގ ސަލްމާން މިސްކިތުގެ ކަންކަން ނުބެލެހެއްޓިހުރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ! މިހާރުވެސް މަރާމާތަށް 6 މިލިއަން ރުފިޔާ ބޭނުންވޭ!: ޑރ. ޝަހީމް

ކިންގ ސަލްމާން މިސްކިތުގެ ކަންކަން ނުބެލެހެއްޓިހުރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ! މިހާރުވެސް މަރާމާތަށް 6 މިލިއަން ރުފިޔާ ބޭނުންވޭ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ދެން މިސްކިތްތަކުގެ ވާހަކަ އައީމަ، ކިންގް ސަލްމާން ސެންޓަރުގެ ވާހަކަވެސް އަޅުގަނޑު ދައްކާލަން ބޭނުންވޭ. ވަރަށް ގިނަ ބޭފުޅުންވެސް ބޭނުންވާނެ ކަންނޭންގެ މިވާހަކަވެސް އަޑުއަހާލަން. ކިންގް ސަލްމާން ސެންޓަރުގެ އޭސީ ނިޒާމް، ފިނިކުރުމުގެ ނިޒާމް މައްސަލަ ޖެހިފަ ހުންނަތާ ވަރަށް ދުވަސް ވެއްޖެ. ފިނިކުރުމުގެ ނިޒާމް މައްސަލަ ޖެހިފަ މިހުރީ އެތާގެ ސިސްޓަމްތައް ހަލާކުވުމުގެ ސަބަބުން. ރަސްމީކޮށް އެތަން ނުހުޅުވުނު ނަމަވެސް އެތަން އެޅުމަށްފަހުގަ އެތަން ބޭނުން ކުރަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ. އެހެންމަ އެންމެ އެކަށީގެންވާ ގޮތުގަ ސިސްޓަމްތައް މެއިންޓަނެންސް ކުރަންޖެހޭ މިންވަރަށް މެއިންޓަނަންސް ނުކުރެވި ވުމުގެ ސަބަބުން އެތަނަށް ގެއްލުން ވެފަ އެބަހުރި. އެކަންކަން ހައްލުކޮށް އެތާގެ ނިޒާމް ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސެއްކަތް ކުރަމުން މިދަނީ. 

މިނިސްޓްރީގަ ކުރީގެ ދުވަސްވަރުގަވެސް ހަމަ އެކަން ހައްލުކުރަން މަސެއްކަތް ކުރައްވާފަ އެބަހުރި، އެބަހުރި މަސެއްކަތް ކުރައްވާފަ ރަނނގަޅުކުރަން. އެހެން ނަމަވެސް އެތާގެ ސިސްޓަމްތަކުގެ ގޮތުން އެ ބަލަހައްޓާންޖެހޭ މިންވަރަށް ނުބެލެހެއްޓެވުމުގެ ސަބަބުން ނުވަތަ މެއިންޓަނެންސް މަރާމާތު ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެބަހުރި. އެކަންކަން އިރާދުކުރެއްވިއްޔާ ހާއްލު ކުރެވޭނެ. އެކަމު މިވަގުތަށްވެސް ހައްލުކުރުމަށް ހައެއްކަ މިލިއަން ރުފިޔާ އެތަނަށް ބޭނުންވޭ. ސަރުކާރުން މިހާރު ވަނީ އެ ފައިސާ ހަމަޖެހޭނެ ގޮތަތްކައެ ރާވާ ދެއްވާފަ ނުވަތަ ދެއްވަމުން ގެންދަވަނީ. އެކަންކަން ހަމަޖެހިއްޖެނަމަ އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހައްލުކުރެވޭތޯ އަޅުގަނޑުމެން މަސެއްކަތް ކުރާނެ ވާހަކަ ދަންނަވަން.

 

 

ދެން ކިންގް ސަލްމާން ސެންޓަރު ރަސްމީކޮށް ހުޅުވުމާ ބެހޭގޮތުން ސައުދިއަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާ އަޅުގަނޑު މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑު އެންމެ ފަހުން ސައުދި އަރަބިއްޔާއަށް މިކުރި ދަތުރުގައިވެސް އިސްލާމިކް މިނިސްޓްރީއާ އަޅުގަނޑު މަޝްވަރާ ކުރިން. އެއީ ބައެއް ނޫސްތަކުގަ އައިއްސަހުރި އިސްލާމިކް މިނިސްޓަރާ އަޅުގަނޑު މަޝްވަރާ ކުރިކަމަށް. އަޅުގަނޑު މިފަހަރު ދިޔައިރުގަ އިސްލާމިކް މިނިސްޓަރު ރަށުގައެއް ނޫޅުއްވާ. އެހެންވީމަ އެމަނިކުފާނުގެ ނައިބާ އަޅުގަނޑު ބައްދަލުކުރީ. އަޅުގަނޑު މައުލޫމާތު ދީފަ އޮންނާނެ މިނިސްޓްރީއާ މަޝްވަރާ ކުރިކަމަށް، މިނިސްޓްރީއާ މަޝްވަރާ ކުރީ. އިރާދުކުރެއްވިއްޔާމު ޙައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މިދަނީ މަސެއްކަތް ކުރަމުން. އަދި ކިންގް ސަލްމާން ސެންޓަރު ހުޅުވުމަށް އިސްލާމީ ރަނގަޅު ޝަޚްސިއްޔަތެއް ސައުދިއަރަބިއްޔާއިން ދައުވަތު ދެވި ގެނެވޭތޯވެސް މިދަނީ މަސެއްކަތް ކުރަމުން. ދެން އެއީ ކޮންބޭފުޅެއްކަން ފަހުން އަޅުގަނޑު ދަންނަވާލާނަން އެކަމާ ބެހޭގޮތުން އެހެން ޚާއްސަ މަޤާމެއްގަ.

 

--މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު